މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 09:30 އިން މެންދުރުފަހު 03:30އާ ހަމައަށެވެ.
ވައިޓް އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އަދި ކަނޑުތައް ދަގަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސް އެކި އެލާޓްތައް ނެރެމުންއާދެއެވެ.