Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

ރ.އުނގޫފާރުގައި ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެނބިގެން ކަމަށްވާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.