Last Updated: November 26, 06:34
Tuesday, November 26, 2024
ވިޔަފާރި

ބޮޓްލިން ޕްލާންޓް މެއިގައި އޮޕަރޭޝަނަަށް

ޕީއެމްއޯ އިން އައްޑޫގައި ހަދާ ބޮޓްލިން ޕްލާންޓް އަންނަ މެއި މަހުގެ ތެރޭގައި އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ޕީއެމްއޯ އިން ބުނެފި އެވެ.

މަރުކަޒީ އިންޖީނުގޭ ސަރަހައްދުގައި ގާއިމުކުރާ ޕްލާންޓްގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން ވަނީ ހަމަޖެހިފަ އެވެ.

އެ ތަނުގައި ގާއިމުކުރާ ޕްލާންޓާއި ސްޓޯރޭޖާއި އޮފީހާއި އެކޮމޮޑޭޝަން ބްލޮކް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި ބޭނުންވާ ހުރިހާ ސާމާނެއް ވެސް ވަނީ ސައިޓަށް މިހާރު ޖަމާކޮށްފަ އެވެ. އަދި އެތަނުގައި ހަދާ ގިނަ ސްޓްރަކްޗަތަކަކީ އެސެމްބްލް ކުރާ ގޮތަށް ރާއްޖޭން ބޭރުން ގެެނެސްފައިވާ ތަކެއްޗެވެ.

ހުރިހާ ސާމާނެއް މިހާރު ހުރީ ސައިޓަށް ޖަމާކޮށްފަ އެވެ.

HJH (2)

ޕީއެމްއޯ އިން ބުނީ އައްްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުގެ ރަށްތަކަށް ހެޔޮ އަގެއްގައި ބޯފެން ފޯރުކޮށްދިނުމަށް އައްޑޫގައި ގާއިމުކުރާ ޕްލާންޓުން އެންމެ ފުރަތަމަ މާކެޓެއް ނެރޭނީ 500 އެމްއެލް އާއި 1.5 އެމްއެލްގެ ފެން ފުޅި ކަމަށެވެ.

އަދި ކުރިމަގުގައި ފަސް ލީޓަރާއި 18 ލީޓަރުގެ ފެން ފުޅި ވެސް ތައްޔާރުކޮށް މާކެޓަށް ނެރޭނެ ކަމަށް ޕީއެމްއޯ އިން ބުންޏެވެ.

މި ޕްލާންޓް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ޕީއެމްއޯ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެގްރިމަންޓް ހެދީ އެޕްރީލް 28، 2013 ގަ އެވެ. މިއީ 3.5 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.