ހޮލީވުޑްގެ މަޝްހޫރު ބަތަލާ މެގާން ފޮކްސް ބޮލީވުޑްގެ ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
އެއީ އަކްޝޭ ކުމާޜު ލީޑް ރޯލް ކުޅޭ "ޝައުކީން" ގެ ބަތަލާގެ ރޯލަށެވެ. އެ ރޯލް ކުރިން ކުޅޭ ގޮތަށް ނަރްގިސް ފަޙްރީ އެވެ.
އެހެން ނަމަވެސް ފިލްމުގެ ޝޫޓިން ނުފެށި ލަސްވާތި ނަރްގިސް ވަނީ ފިލްމަށް ޓާޓާ ކިޔައިފަ އެވެ.
ހޮލީވުޑްގެ މަޝްހޫރު ފިލްމްތައް ކަމަަށްވާ "ޓްރާންސްފޯމާސް" ގެ ޕްރެންޗައިޒްތަކާއި "ދިސް އިިޒް 40" އަދި "ޖެނިފާސް ބޮޑީ" އާއި "ޕެޝަން ޕްލޭ" ގެ އިތުރުން "ކޮންފެޝަން އޮފް ޓީނޭޖް ޑްރާމާ ކްއީން" ފަދަ ފިލްމުތަކުން ފެނިފައިވާ މެގާސް "ޝައުކީން" އަށް ސޮއިކޮށްފައިވާކަން އަކްޝޭ ވެސް ވަނީ ކަަށަވަރުކޮށް ދީފަ އެވެ.
އަކްޝޭ ބުނީ އޭނާގެ މި ފަހަރުގެ ބަތަލާއަކީ އުމުރުން 27 އަހަރުގެ މެގާން ކަމަށާއި އެކަމާ ހިތްހަމަޖެހިފައި ހުރި ކަމަށެވެ.
އަކްޝޭއަކީ މީގެ ކުރިން ވެސް ހޮލީވުޑްގެ ބަތަލާއިންނާ އެކު މަސައްކަތްކޮށްފައިވާ އެކްްޓަރެކެވެ.
އޭގެ ތެރޭގައި "ބްލޫ" ގައި ހިމެނޭ ލަވައެއްގައި ކައިލީ މިނޯގާއި "ކަމްބަކްތު އިޝްގް" ގައި ޑެނިސް ރިޗަޑްސް ހިމެނެ އެވެ.
"ޝައުކީން" އަކީ 1982 ވަނަ އަަހަރު ހިޓް ކޮމެޑީ އެވެ.
މި ފިލްމުގެ ރިމެކިންގައި އަކްޝޭ ފެނިގެން ދާނީ މިތުން ޗަކްރަބަތީ ކުޅުނު ރޯލުންނެވެ.
ފިލްމުގެ މުހިއްމު އިތުރު ރޯލްތަކުން އަނޫޕަމް ކޭރު، ޕަރޭޝް ރާވަލް އަދި އައްނޫ ކަޕޫރު ފަދަ ތަރިން ފެނިގެން ދާނެ އެވެ.
"ޝައުކީން" ގެ ރިމެކިންގެ ޑައިރެކްޓަރީ ރޫމީ ޖެފްރީ އެވެ.