އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބް ކުރެއްވި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެމްޑީޕީ ދޫކޮށް ޕީޕީއެމް އާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.
އިބްރާހިމްދީ ވިދާޅުވީ އޭނާ މެދު ދާއިރާ އަށް އިންތިހާބުވީ އެ ދާއިރާގެ އެމްޑީޕީގެ މެމްބަރުނާއި އާއިލާއިން ވޯޓު ދެއްވައިގެން ކަމަށެވެ. އެހެންވެ އެ މީހުން ދޫކޮށްލައްވައި ވަޑައިގަންނަވާނޭ އިތުރު ޕާޓީއެއް ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމާ ގުޅެން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށާއި އެއީ ބުހުތާނު ދޮގެއް ކަމަށެވެ.
އިބްރާހީމްދީ ޕާޓީ ބަދަލު ކުރަން އުޅޭ ވާހަކަަތަކެއް ފެންމަތިވެފައިވާ އިރު، ހިތަދޫ އިތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްްވި އެ ދާއިރާގެ މިހާރުގެ މެމްމަރު މުހައްމަދު އަސްލަމް ވެސް ޕާޓީ ބަދަލު ކުރަން އުޅުއްވާ ވާހަކަތައް އޭނާ ވެސް ވަނީ ދޮގު ކުރައްވައިފަ އެވެ.
އަދި ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރަން އިބްރާހީމްދީ އާ ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް ހިޔަލީ މުހައްމަދު ރަޝީދު އިއްޔެ ވަނީ ކޯޓަށް ހުށަހަަޅައިފަ އެވެ.
އައްޑޫގެ ހަތް ގޮނޑީގެ ތެރެއިން ފަސް ގޮނޑި އަށް އެމްޑީޕީ އަށް ލިބުނު އިރު އަނެއް ދެ ގޮނޑި ލިބުނީ ޕީޕީއެމަށެވެ.