Last Updated: September 22, 10:32
Sunday, September 22, 2024
ޚަބަރު

އުނގޫފާރު އިންޖީނުގެ ހިންގުން ފެނަކަ އަށް

ރ.އުނގޫފާރު އިންޖީނުގެ ހިންގުން ފެނަކައާ މިއަދު ހަވާލުކޮށްފި އެވެ.

އުނގޫފާރު އިންޖީނުގެ ފާއިތުވި 24 އަހަރު ހިންގަމުން އައީ އެ ރަށު ރައްޔިތުންނެވެ.

އިންޖީނުގެ ޙަވާލުކުރުމަށް އުނގޫފާރު ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފެނަކަ އިން ބުނީ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު އެ އެރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

ރައްޔިތުންގެ އަމިއްލަ މަސައްކަތުން ރަށްރަށުގައި ގާއިމްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ އަލިމަގެއް ނުފެނި ކަނިވެ ނިވެމުން ދިޔަ އިންޖީނުގެތަކައް ސަރުކާރުގެ ބެލެނިވެރިކަން ދެއްވުމަަށް 2009 ވަނަ އަހަރު ސަރުކާރުން ފެށި އުނގޫފާރުގެ ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާ ހަވާލު ކުރުމުން އެއްކޮށް މިހާރު ވަނީ ފުރިހަމަވެފަ އެވެ.