އާސަންދައިގެ ހިދުމަތްތައް ފަސޭހަކުރުމަށްޓަކައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އާސަންދައިގެ ޑެސްކެއް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ވިދާޅުވީ އާސަންދައިގެ ހާއްސަ ޚިދުމަތްތައް ހޯދުމުގައި މީގެކުރިން އޮތީ، މާލޭގައި ހުންނަ އޮފީހަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ގޮތައް ކަމަށެވެ. އެހެންވެ އޭގެ ސަބަބުން ކުއްލި ހާލަތްތަކާއި އަވަސް ނިންމުންތައް ނިންމުމުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެހެންވެ މިހާރު އައްޑޫ ސިޓީ ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ބެހެއްޓި އާސަންދައިގެ ޑެސްކާ އެކީ، އެހީތެރިކަން ހޯދުމަށް ކުރާ މަސައްކަތުގައި ވަރަށް ބޮޑު ލުއިވެގެން ދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
Aasandha Counter has been established at Addu Equatorial Hospital @aeh_mv today. This counter will act as a bridge between the people of Addu City and Aasandha Customer Service Centre located in Male’ City. pic.twitter.com/IriZ6Fm8lC
— Aasandha Company Ltd (@AasandhaLtd) September 8, 2022
އޭނާ ވިދާޅުވި ގޮތުގައި އާސަންދައިގެ ޑެސްކުތައް އަތޮޅު ތެރޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލްގައި ބެހެއްޓުނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވެސް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އާސަންދަ ޚހިދުމަތް އަތޮޅުތަކުގެ އިތުރު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކަށް ވެސް ފުޅާކުރުން ކަމަށް މިއުވާން ވިދާޅުވި އެވެ.
"ރަށްރަށުން އަތްފޯރާ ލުއިފަސޭހަ ޚިދުމަތެއް ދިނުން ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ،" އޭނާ ވިދާޅުވި އެވެ. "ކުރިއަށް އޮތް ތަނުގައި އިތުރު ހޮސްޕިޓަލްތަކަށް ޚިދުމަތް ފުޅާކުރާނަން. މުޅި ރާއްޖޭން މި ހިދުމަތް ލިބުން އުއްމީދަކީ."
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ މާލޭގެ އައިޖީއެމް ހޮސްޕިޓަލްގައި ވެސް އަންނަނީ އާސަންދައިގެ ޑެސްކެއް ބަހައްޓައި ޚިދުމަތް ދެމުންނެވެ.