ރާއްޖޭގައި އީވީ ނުވަތަ އިލެކްޓްރޯނިކް ވެހިކަލް ބޭނުންކުރުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއެއް ފަށައިފި އެވެ.
މި ސާވޭ ކުރިއަށް ގެންދަނީ މާލެ އާއި އައްޑޫގަ އެވެ. މި ދެ ސިޓީ އަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އެއްގަމު ވެހިކަލް ބޭނުންކުރާ ދެ ތަނެވެ.
އީވީ ބޭނުންކުރުމާ ބެހޭ މި ސާވޭ އަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކްގެ އިތުރުން އީވައި ގުޅިގެން ކުރިއަށް ގެންދާ ސާވޭއެކެވެ. ސާވޭގެ މައިގަނޑު މަގުސަދަކީ އާންމުކޮށް މީހުން ދަތުރުކުރާ ގޮތް ބެލުމާއި ކުރިމަގުގައި އީވީ އިހުތިޔާރުކުރުމާ ބެހޭ ގޮތުން ހިޔާލު ހޯދައި، އެފަދަ ވެހިކަލްތައް ޗާޖްކުރަން އެންމެ އެދެވޭ ގޮތްތައް ދެނެގަތުމެވެ.
އަރންސްޓް އެންޑް ޔަންގް އެލް.އެލް.ޕީ އިން ދިވެހި ސަރުކާރާއި ވަރލްޑް ބޭންކާއި ގުޅިގެން މާލެ ސަރަޙައްދު އަދި އައްޑޫ ސިޓީގެ 'އިލެކްޓްރިކް މޮބިލިޓީ ޕޮޓެންޝިއަލް ' ގެ ދިރާސާއަށް މަޢޫލުމާތު އެއްކުރުމަށް ކުރާ ސާރވޭ.
ސަރވޭގައި ބައިވެރިވުމަށް https://t.co/udTCjIaZmT pic.twitter.com/YLmpcUwUst— Min. of Environment, Climate Change and Technology (@MoEnvmv) September 8, 2022
އީވީއާ ގުޅޭ ސާވޭއެއް ރާއްޖޭގައި ފެށި އިރު، މިފަދަ ވެހިކަލްތަކަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އިސްކަން ދެމުން އަންނަ އެއްޗިއްސެވެ. ސަބަބަކީ އީވި އަކީ ތިމާވެއްޓާ ރައްޓެހި އަދި ތެޔޮ ބޭނުންކުރާ ވެހިކަލްތަކުން ތިމާވެއްޓަށް ކުރާ ގެއްލުން ވެސް ކުޑަކޮށްދޭ އެއްޗިއްސަށްވާތީ އެވެ.
އީވީ އުފެއްދުމަކީ ކާރު އުފައްދާ މަޝްހޫރު ގިނަ ކުންފުނިތަކުން މިހާރު އެންމެ ބޮޑަށް ފޯކަސްކުރާ ދާއިރާ ވެސް މެ އެވެ.