ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ޑިޒްނީން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ "ލިޓްލް މާމެއިޑް" ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
އެ ސްޓޫޑިއޯ އިން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ޕްރޮޖެކްޓްތައް ދައްކައިލަން ބޭއްވި "ޑީ23 އެކްސްޕޯ" ގައި ފިލްމުގެ ޓީޒާ ދައްކައިލުމާ އެކު ގިނަ ބަޔަކު އޭގެ ޖާދޫގައި ޖެހިފައިވެ އެވެ. "ލިޓްލް މާމެއިޑް" ގައި އެ ރޯލު ކުޅުނު ޒުވާން ބަތަލާ ހެލީ ބެއިލީ އަށް ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ތައުރީފުކުރުމުން އޭނަ ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
Out of the sea, wish I could be… part of that world.
Disney's The Little Mermaid is coming to theaters May 26, 2023. pic.twitter.com/lUw5BmYRK5
— Walt Disney Studios (@DisneyStudios) September 9, 2022
މިއުޒިކަލް ފެންޓަސީއެއް ގޮތުގައި ގެނެސްދޭ "ލިޓްލް މާމެއިޑް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި 26 ގަ އެވެ. މި ފިލްމަކީ ޑިޒްނީން 1989 ގައި ގެނެސްދިން އެނިމޭޓެޑް ފިލްމު އަަސްލު އެކްޓަރުންނާ އެކީ ގެނެސްދޭ އެއްޗަކަށްވާތީ މިއަށް އިންތިޒާކުރާ މީހުން ވަރަށް ގިނަ އެވެ.
guys..today has been so overwhelming and incredible ♥️i’m so happy you’re getting to see a peek of everything 🥹😭thank you for the love ..🐚✨
— Halle (@HalleBailey) September 10, 2022
ރޮބް މާޝަލް ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ޖޮނާ ހެޔާ-ކިންގް، މެލީސާ މެކާތީ، ޖޭވިއާ ބާޑެމް، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނެ އެވެ.
"ބިއުޓީ އެންޑް ދަ ބީސްޓް" އާއި "އަލައްދިން" އަދި "ލަޔަން ކިންގް" ފަދަ ފިލްމުތައް ލައިވް-އެކްޝަންގެ ގޮތުގައި މި ފަހުން ގެނެސްދީގެން ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވާ އިރު، މިފަދަ އެއްޗަކަށް ޑިޒްނީން އެންމެ ފަހުން ގެނެސްދިން އެއްޗަކީ މިދިޔަ ބުރާސްފަތީގައި ޑިޒްނީ ޕްލަސް އިން ޕްރީމިއާކުރި "ޕިނޯކިއޯ" އެވެ.
ޑިޒްނީން 2024 ގައި "ސްނޯވައިޓް" ގެ ލައިވް-އެކްޝަން ވެސް ގެނެސްދޭނެ އެވެ.