އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލް ކުރަން އިއްޔެ ހައި ކޯޓަށް މައްސަލަ ހުށަހެޅީ ޕީޕީއެމުން ކަމަށް އެ ޕާޓީން އިންތިޚާބުގައި މެދު ދާއިރާ އަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް ހިޔަލީ މުހަމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔަލީ ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އަމިއްލަ އަށް ނޫން ކަމަށެވެ. އަދި އެއީ ޕީޕީއެމުން ކުރިއަށް ގެންދާ ކަމަކަށް ވާތީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށް އެލައިޑް އިންޝޫރަންސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހިޔަލީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނަވާފައި ރާއްޖެ ވަޑައިގަތީ ވެސް މިއަދު ކަމަށެވެ.
އެހެންވެ ކޯޓަށް ވެއްދި މައްސަލައިގެ މާބޮޑު ތަފްސީލެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި މައްސަލަ ހުށަހަޅާ ފޯމުގައި ސޮއިކުރަން ޕާޓީން އެދުުމުން އޭގައި ހަމައެކަނި ސޮއިކޮއްލީ ކަމަށް ހިޔަލީ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ ގޮނޑި ހިޔަލީ އާ ވާދަކޮށްގެން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދުދީދީ އެވެ.