ރާއްޖޭގައި މިހާރު ހަ ބައްޔެއް ވަރަށް ބާރަށް ފެތުރެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
އެތަނުން މިއަދު ކުރި ޓުވީޓެއްގައި ވަނީ، މި ދުވަސްވަރު ރާއްޖޭގައި ހަލުވިކަމާއެކީ ފެތުރެމުން ދަނީ ފާނަބަސަންދާއި
ލޮލު ރޯގާ އާއި ހުމާއި ރޯގާ އާއި ހޭންޑް ފުޓް އެންޑް މައުތު އާއި ބޭރަށް ހިންގުމުގެ އިތުރަށް ޑެންގީ ކަމަށެވެ.
މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ބަލިތަކާމެދު ސަމާލުވޭ! މި ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު. pic.twitter.com/oHzCz0DndA
— Health Protection Agency (@HPA_MV) September 12, 2022
އެހެންވެ ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ. އެތަނުން ފާހަގަކުރި ބަލިތަކަކީ އެކި ދުވަސްވަރު، އެކި ހާލަތްތަކުގައި ދޭތެރެ ދޭތެރެ އިން ރާއްޖޭން އާންމުކޮށް ފެންނަ ބަލިތަކެވެ.