Last Updated: November 26, 22:39
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ރާގިނީ އެމްއެމްއެސް 2" ބޮޑު ހިޓެއް

މިދިޔަ މަހުގެ 21 ގައި ރިލީޒް ކުރި ބިރުވެރި ފިލްމް "ރާގިނީ އެމްއެމްއެސް 2" އަކީ ހީކުރި ވަރަށް ވުރެ ރަނގަޅަށް ހިނގި ފިލްމެއް ކަމަށާއި ފިލްމަަކީ ބޮޑު ހިޓެއް ކަމަށް ފިލްމް އުފެއްދި ފަރާތުން ބުނެފި އެވެ.

މި ފިލްމަކީ އެކްތާ ކަޕޫރުގެ ބަލާޖީން ޕްރޮޑިއުސްކޮށް، ބުޝަން ޕަޓޭލް ޑައިރެކްޓް ކުރި ފިލްމެކެވެ. އަދި މިއީ 2011 ވަނަ އަހަރު ނެރުނު "ރާގިނީ އެމްއެމްއެސް" ގެ ދެވަނަ ބައެވެ.

ޕްރީކްއެލް އާ ހިލާފަށް ސީކްއެލްގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރީ ބޮލީވުޑްގައި މިހާރު ފައި ވިއްދާލާފައި ހުރި ކުރީގެ ޕޯންސްޓާ ސަނީ ލިއޮނީ އެވެ. އޭނާގެ ހޫނު މަންޒަރުތަކާއި ފިލްމުގައި ހިމެނޭ ސިއްސުވާލާ ފަދަ ބިރުވެރި މަންޒަރުތަކުން ބެލުންތެރިން ވަނީ އާޝޯހްކޮށްލައިފަ އެވެ.

މީގެ އިތުރުން މި ފިލްމުގެ ލަވަތަކަށް ވެސް ބޮޑު ތަރުހީބެއް ލިބި، އެ ލަތައް އަދިވެސް ހުރީ ޗާޓްތަކުގެ އެންމެ މަތީ ހަރުފަތުގަ އެވެ.

މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ލަވައަކީ "ބޭބީ ޑޯލް" އެވެ.

އެހެންވެ މި ފިލްމަކީ ކުރިން އުންމީދު ކުރި ވަރަށް މާ ރަނގަޅަށް ހިނގައި، ފުރަތަމަ ދެ ހަފުތާ ތެރޭގައި ބޮކްސް އޮފީހުގައި 45.88 ކްރޯޑް ރުޕީސް ހޯދާފައިވާ ފިލްމެކެވެ.

"ރާގިނީ އެމްއެމްއެސް 2" ގެ ކާމިޔާބީތައް އެ ފިލްމުގެ ޓިމުން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ލިބުނު އުފަލާ އެކު، ސަނީ ވަނީ އޭނާގެ އާއިލާ އާ އެކު ޗުއްޓީ ހޭދަ ކުރަން މިހާރު އެމެރިކާ އަށް ވެސް ގޮސްފަ އެވެ. އޭނާގެ އާއިލާ ދިރިއުޅެނީ ކެނެޑާގަ އެވެ.

"އަހަރެން މިހިރީ ފިލްމަށް ލިބުނު ކާމިޔާބާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި. ވަރަށް އުފާވެފައި މިހިރީ. އަދި އަހަރެންގެ އެކްޓިން ވެސް އާންމުން ވަނީ ބަލައިގެންފައި. އޯޑިއަންސް އަހަރެން ބަލައިގަތް ކަމަށްޓަަކައި ވަަރަށް ބޮޑަށް ޝުކުރިއްޔާ،" ފިލްމް "ޖިސްމް 2" އިން 2012 ގައި ބޮލީވުޑަށް ނިކުތް ސަނީ ބުންޏެވެ.

"ރާގިނީ އެމްއެމްއެސް 2" އަށް ލިބުނު ކާމިޔާބާ ގުޅިގެން، އެ ފިލްމުގެ ތިން ވަނަ ބައެއް ހަދަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

އަދި އެ ފިލްމުގައި ވެސް ލިޑް ރޯލް ކުޅުމުގެ ޝައުުގުވެރިކަން ސަނީ ވަނީ ފާޅުކޮށްފަ އެވެ.