އައްޑޫ މަރަދޫފޭދޫގައި ތިން ސޯލާ ހަޓް އަޅަން ނިންމައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ފެނަކަ އިން ބީލަަށް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ ކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މައުލޫމާތާ އެއްގޮތަށް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މި މަހުގެ 18-25 އަށެވެ.
ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ކަމަށް ފެނަކަ އިން ބުންޏެވެ. މިކަމާ ބެހޭ އިތިރު އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މި މަހުގެ 22 ގެ މެންދުރު ފަހު 3:00 ގެ ކުރިން މި މެއިލަށް tender.registration@fenaka.mv މެއިލްކުރަން ޖެހެ އެވެ.