Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އަވަހާރަވެއްޖެ

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަހުމަދު މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 72 އަހަރުގައި އަވަހަރާވި މުހައްމަދަކީ ގިނަ ދުވަސްތަކެއް ވަންދެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ހާރިޖީ ދާއިރާ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދަކީ އިމިގްރޭޝަން ޑިޕާޓްމެންޓާއި، އައިޖީއެމް ހޮސްޕިޓަލް ވެސް ހިންގެވުމުގެ ޒިންމާ ނެންގެވި ބޭފުޅެކެވެ.

މުހައްމަދުގެ ކަށުނަމާދު ނާނީ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

އޭނަ އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ޚާރިޖީ ދާއިރާއަށް ކުރެއްވި ޚިދުމަތްތައް ފާހަގަކުރައްވައި، އާއިލާއަށް ހަމްދަރުދީ ފޮނުއްވައިފަ އެވެ.