އެފްރިކާގެ ގައުމެއް ކަމަށްވާ ކެންޔާ އަލައިގެ މުޑުވައް ދިރާސާކުރުމުގެ މަސައްކަތް ރާއްޖޭގެ ދެނުކުގެ ބައެއް ރަށްރަށުގައި ފަށައިފި އެގްރިކަލްޗަ މިނިސްޓްރީން ފަށައިފި އެވެ.
މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން މިހާރު ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގައި މި ކެންޔާ އަލައިގެ މުޑުވައް ގދ. ހޯޑެއްދު އާއި ފިޔޯރީ އާއި ވާދޫގެ އިތުރުން ގައްދޫގެ ކައުންސިލްތަކާ ހަވާލުކޮށްފައިވެ އެވެ. އެއިން ކޮންމެ ރަށަކަށް ހަވާލުކޮށްފައި ވަނީ 60 މުޑުވަކެވެ. އެގްރިކަލްޗަ މިނިސްޓްރީން ބުނީ މި މަސައްކަތްކުރަން ހަމަޖެހިފައި ވަނީ ކައުންސިލްތަކާއި ދަނޑުވެރިންނާއި ގުޅިގެން ކަމަށެވެ.
އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން (1/2) pic.twitter.com/xWv2NKhojz
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) September 17, 2022
އެގޮތުން ދިރާސާގެ ތެރެއިން ހައްދާ އަލަ ގަސްތަކުން، ދަނޑުވެރިންނަށް ވެސް އަލަގަސް ލިބިގެންދާނެއެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ދިރާސާގެ މަސައްކަތެވެ. މީގެ ކާމިޔާބީ އަށް ބަލައި ދިރާސާގެ ކެންޔާ އަލަ ރާއްޖޭގައި އާލާކޮށް ހެއްދުން ފުޅާކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން (1/2) pic.twitter.com/z2imdz6WWo
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) September 18, 2022
އެގްރިކަލްޗަ މިނިސްޓްރީން ބުނީ މިއަދު ފުވައްމުލައް ސިޓީ ކައުންސިލާ ވެސް ކެންޔާގެ އަލައިގެ މުޑުވައް ހަވާލުކުރާނެ ކަމަށެވެ.
ބޭރުގެ އަލައިގެ މުޑުވަކެއް ރާއްޖޭގައި އާލާކުރަން މަސައްކަތް ފެށި އިރު، ރާއްޖޭގެ ބައެއް ހިސާބުތަކުގައި އަލަ ހެއްދުމަކީ ވަރަށް ފުޅާކޮށް ކުރާ މަސައްކަތެކެވެ. އަދި މިއީ ޒަނާނުއްސުރެ ދިވެހިންގެ ކެއުމުގެ މައިގަނޑު އެއް ބާވަތް ވެސް މެ އެވެ.
އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން (1/2) pic.twitter.com/atsoBD8hDK
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) September 17, 2022
އެގްރިކަލްޗަ މިނިސްޓްރީން ބުނި ގޮތުގައި އަލަގަހުގެ ފަތުގައި ލައްޖަހައި ގަސްހަލާކުކޮށްލާ ބައްޔެއް ކަމަށްވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދެ އެވެ. އެހެންވެ ކެންޔާގެ އަލައިގެ މުޑުވައްކުރަން ފެށުމަކީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެށި ކަމެއް ކަމެކެވެ.
ހިޔާލު ފާޅުކުރައްވާ