Last Updated: April 19, 17:31
Saturday, April 19, 2025
ޚަބަރު

ފަސް ކިލޯ މީޓަރުގެ ދުވުމެއް ބާއްވަނީ

ސ. ގަމުގައި ގާއިމުކޮށްފައިވާ އެމްއެެންޑީއެފް ސަދަން އޭރިއާގެ ހަ ވަނަ އަހަރީ ދުވަހާ ދިމާކޮށް ފަސް ކިލޯ މީޓަރުގެ ދުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި މަހުގެ 26 ވަނަ ދުވަހު އެ ދުވުން ބާއްވާނީ "122 ރަން 2014" ގެ ނަމުގައި ކަމަށެވެ. އެއީ ދިވެހި އަސްކަރިއްޔާގެ 122 ވަނަ އަހަރީ ދުވަހާ ވެސް ދިމާކޮށެވެ.

އެމްއެންޑީއެފުން ބުނީ މި ދުވުމަކީ ސަދަން އޭރިއާ ނިސްބަތްވާ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާ އާ އޮންނަ ގުުޅުން ބަދަހި އެކުވެރި މާހައުލެއްގައި މަސައްކަތް ކުރަން މަގުފަހި ކުރުމުގެ މަގުސަދުގައި ބާއްވާ ދުވުމެއް ކަމަށެވެ.

މި ދުވުން އޮންނާނީ 26 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށެވެ.

3sabig

އެމްއެންޑީއެފް ސަދަން އޭރިއާގައި ހިމެނެނީ ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑު އާއި ފުވައްމުލަކުގެ އިތުރުން ގދ. އަތޮޅާއި ގއ. އަތޮޅެވެ.