އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ދެމުން އަންނަ ސިއްހީ ހިދުމަތްތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން މިއަދު ފެށި "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ގައި ނައިބު ރައީސް ވިދާޅުވީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓަރުން ވަރަށް މުހިއްމު ދައުރެއް ވެސް އަދާކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، ޑޮކްޓަރުންނަށް ސްކޮލަޝިޕްތައް ދިނުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް އެ ހޮސްޕިޓަލުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
"Sky is not the limit, we can go higher"
Introductory remarks by Managing Director Ahmed Afaal #BrainSpine22 #ADK35 pic.twitter.com/t6Mlqe7whr— Maldives Brain and Spine Conference (@BrainSpine_mv) September 21, 2022
"މަތީ ތައުލީމް ހާސިލުކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރު ވެސް މެޑިސިންގެ ދާއިރާއިން 70 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދޭ. އަދި ސަރުކާރުން ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15000 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި ނަރުސްކަން ކިޔަވަމުންދާ 800 ވުރެ ގިނަ ދަރިވަރުން ހިމެނޭ." ކަންވެސް ފައިސަލް ވިދާޅުވި އެވެ.
"Sky is not the limit, we can go higher"
Introductory remarks by Managing Director Ahmed Afaal #BrainSpine22 #ADK35 pic.twitter.com/t6Mlqe7whr— Maldives Brain and Spine Conference (@BrainSpine_mv) September 21, 2022
މި ކޮންފަރެންސްގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ރައްޔިތުންނަށް ފަސޭހައިން ސިއްހީ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްޓީސީސީން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތާ އެކީ، ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުކުރުމުގައި ހުރި ދަތިތައް ނިމުމަކަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިއަށް ދަނީ މި މަހުގެ 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.
މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.