Last Updated: April 18, 20:01
Friday, April 18, 2025

ނައިބް ރައީސް މިއަދު އައްޑު އަށް

ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އައްޑޫގައި ބާއްވާ ޖަލްސާއެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެނގިފައިވާ ގޮތުގައި އެ މަނިކުފާން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ޑރ. ޖަމީލާ އެކު ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ވެސް އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އިއްޔެ ވަނީ އައްޑު އަށް ވަޑައިގެންފަ އެވެ.

މި ދަތުރަކީ އުމަރު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރުކަން ފާހަގަކޮށްލެވެ އެވެ.

އައްޑޫގައި ބާއްވާ ފުލުހުންގެ 81 ވަނަ އަހަރީ ދުވަހުގެ ޖަލްސާ އޮންނާނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.