Last Updated: November 26, 22:39
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ޖުނައިދު ކުރަން އުޅެނީ ކީއް ކަމެއް ނޭނގޭ"

އާމިރާއި ޖުނައިދު 2009 ގެ ފިލްމް "3 އިޑިއަޓްސް" ގެ ޕްރިމިއާގައި.

ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން މިހާރު އުމުރުން 21 އަހަރުގެ ޖުނައިދު، ކުރިއަށް ދާން ބޭނުން ވަނީ ކޮން ދާއިރާއަކުން ކަމަށާއި އޭނާ ކުރަން އުޅެނީ ކޮން ކަމެއް ކަމެއް ވެސް ނޭނގޭ ކަމަށް ބައްޕަ އާމިރް ހާން ބުނެފި އެވެ.

ޖުނައިދު ވަނީ އާމިރުގެ ކުރިއަށް އޮތް ފިލްމް ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކުރާ "ޕީކޭ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތްކޮށްފަ އެވެ.

އެކްޓަރު ޖެކީ ޝްރޮފްގެ ފިރިހެން ދަރިފުޅު ޓައިގާ ޝްރޮފް ބޮލީވުޑަށް ނިކުންނަ ފިލްމް "ހީރޯޕަންޓީ" ގެ ޓްރެއިލާ ލޯންޗް ކުރަން އިއްޔެ ބޭއްވި ހަފުލާގައި މީޑިއާތަކުން ވަނީ ޖުނައިދުގެ ކުރިމަަގާ ބެހޭ ގޮތުން ވަރަށް ބޮޑަށް ސުވާލުކޮށްފަ އެވެ.

އެ ސުވާލްތަކަށް އާމިރް ދިން ޖަވާބަކީ ޖުނައިދު ކުރަން އުޅޭ ކަމެއް އޭނާ އަށް ވެސް ނޭނގޭ ކަމަށް ބުނުމެވެ.

"އޭނަ ކުރަން އުޅެނީ ކޮން އިރަކު ކޮން ކަމެއް ކަމެއް މިހާތަނަށް އަހަންނާ ހިއްސާކޮށްފައެއް ނެތް. އެކަހަލަ ވާހަކަތަަކެއް ނުވެސް ދެކެވޭ. އެހެންވެ އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ ޖުނައިދުގެ މިސްރާބު ހުރީ ކޮން ދިމާއަކަށް ކަމެއް،" ކާމިޔާބް ގިނަ ފިލްމުތަކެއް ކުޅެފައިވާ ދެ ކައިވެންޏަށް ތިން ކުދިން ލިބިފައިވާ އާމިރް ބުންޏެވެ.

މީޑިއާތަކުން ސުވާލްތައް އޮއްސަން ފެށުމުން އާމިރް ދެން ބުނީ "ނިކަން މީޑިއާތަކުން އޭނާ އާ ސުވާލުކޮށްފައި، އޭނާ ބުނާ އެއްޗެއް ނިކަން އަހަންނާ އަންގާލަ ދީބަލަ" ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބައްޕަ ފަދައިން ކެމެރާ ކުރި މައްޗަށް އަރާކަށް ޖުނެއިދު ބޭނުމެއް ނޫނެވެ. އަދި އޭނާ ބޮޑަށް ޝައުގު ހުރީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރާށެވެ.

hkklk (2)

ޖުނައިދު މިހާރު އަންނަނީ ސޯނަމް ވަރުމާ ކިޔާ ކޮލެޖްގައި ކިޔަވާ ކުއްޖަކާ ޑޭޓް ވެސް ކުރަމުންނެވެ.