އައްޑޫ ހިތަދޫ ގުދަނަކުން ވަގަށް ނެގި ކަރަންޓް ސާމާނުތަކެއް ހޯދައި އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 25 ވަނަ ދުވަހު ވަހަށް ނެގި ތަކެތީގެ ތެރޭގައި ހިމެނެނީ ފެންމޯޓަރަކާއި ކަރަންޓް ކީހެއްގެ އިތުރުން ޗާޖިން ބެޓެރިއެއް ކަމަށެވެ. މި ތަކެތި ފުލުހުން ހޯދީ ނުއަގުގައި ވިއްކާލާފައި ވަނިކޮށެވެ. އެގޮތުން އެ ތަކެތި ގަތް 36 އަހަރުގެ މީހަކާއި ވަގަށް ތަކެތި ނެގި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ފަހަކަށް އައިސް ހިތަދޫގައި ވައްކަމުގެ މައްސަލަތައް ވަރަށް ގިނަ އެވެ.