Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ނޭވާ ހިފަހައްޓައިގެން ރާއްޖެ ދުނިޔޭގެ ރެކޯޑަކަށް!

އެންމެ ގިނަ ބަޔަކު އެއް ފަހަރާ އެންމެ ގިނަ ވަގުތެއްގައި މޫދުގެ އަޑީގައި އޮތުމުގެ ރެކޯޑް ރާއްޖެއިން ހަދައިފިއެވެ.

އިއްޔެ ހަވީރު ރާއްޖޭގެ ބާރަ ރިސޯޓެއްގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި 459 މީހަކު ވަނީ ބައިވެރިވެފައެވެ. އެމީހުން ވަނީ ދެ މިނިޓު ނޭވާ ހިފައްޓާލައިގެން މޫދު އަޑީގައި ތިބެ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައެވެ.

"ނޭވާ2:" ނަމުގައި އިއްޔެ ކުރިއަށްދިޔަ މި އިވެންޓުގެ ގްރޭންޑު އިވެންޓު ބާއްވާފައިވަނީ ކްރޮސް ރޯޑުގައެވެ. މި އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާންގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބާތާ ދިމާކޮށް، ޑައިވް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ އިވެންޓަކީ، އެ ޖަމިައްޔާއިން ރާއްޖޭގައި ހެދި މިފަދަ ދެވަނަ ރިކޯޑެެވެ.

އެޖަމިއްޔާއިން ވަނީ 2019 ވަނަ އަހަރު 'ނޭވާ"ގެ ނަމުގައި ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި 521 ބައިވެރިން 30 ސިކުންތަށް ތިން މީޓަރު ފުނަށް ފީނައި ދުނިޔޭގެ ރިކޯޑު ހަދާފައެވެ.