މާލެ އާއި ވިލިމާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިން ސްޓޭޝަންތަކެއް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ތިމާވެއްޓާ ރައްޓެހި ވެހިކަލްތައް ބޭނުންކުރުމަށް އާންމުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަށާއި އެފަދަ ވެހިކަލްތައް ބޭނުންކުރާ މީހުންނަށް ޗާޖުކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައި ޗާޖިން ސްޓޭޝަންތަކެއް ބެހެއްޓުމަށް ކައުންސިލުން ބޭނުންވާތީ މާލެ އާއި ވިލިމާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިން ސްޓޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުަން ބޭނުންވާ ކަމަށެވެ.
އެހެންވެ މިކަން ކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެެވެ. މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 10 ގައި އޮންނާނެ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މާލެ އާއި ވިލިމާލޭގައި ބެޓެރި ވެހިކަލް ޗާޖްކުރަން ޗާޖިން ސްޓޭޝަންތަކެް ހަދަން ކައުންސިލުން ނިންމި އިރު، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް ނުވަތަ ރާއްޖޭގައި ބޭނުންކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ސާވޭއެއްގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވެ އެވެ.
އަރންސްޓް އެންޑް ޔަންގް އެލް.އެލް.ޕީ އިން ދިވެހި ސަރުކާރާއި ވަރލްޑް ބޭންކާއި ގުޅިގެން މާލެ ސަރަޙައްދު އަދި އައްޑޫ ސިޓީގެ 'އިލެކްޓްރިކް މޮބިލިޓީ ޕޮޓެންޝިއަލް ' ގެ ދިރާސާއަށް މަޢޫލުމާތު އެއްކުރުމަށް ކުރާ ސާރވޭ.
ސަރވޭގައި ބައިވެރިވުމަށް https://t.co/udTCjIaZmT pic.twitter.com/YLmpcUwUst— Min. of Environment, Climate Change and Technology (@MoEnvmv) September 8, 2022
މި ސާވޭ އަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކްގެ އިތުރުން އީވައި ގުޅިގެން ކުރިއަށް ގެންދާ ސާވޭއެކެވެ. ސާވޭގެ މައިގަނޑު މަގުސަދަކީ އާންމުކޮށް މީހުން ދަތުރުކުރާ ގޮތް ބެލުމާއި ކުރިމަގުގައި އީވީ އިހުތިޔާރުކުރުމާ ބެހޭ ގޮތުން ހިޔާލު ހޯދައި، އެފަދަ ވެހިކަލްތައް ޗާޖްކުރަން އެންމެ އެދެވޭ ގޮތްތައް ދެނެގަތުމެވެ.
ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު ދިމާވެއްޓާ ރައްޓެހި އެއްގަމު ވެހިކަލްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.