ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ޗައިނާ އަށް ފުރާވަޑައިގެންފި އެވެ.
އޭނާ ޗައިނާ އަށް ވަޑައިގެންނެވީ ޗައިނާގެ ބެއިޖިންގައި އޮންނަ ފުލުހުންގެ ސެމިނާއަަކަށެވެ. ޝިފާން އާ އެކު ފުލުހުންގެ ބައެއް އެހެން އޮފިސަރުންތަކެއް ވެސް ޗައިނާ އަށް ވަޑައިގެންނެވި އެވެ.
ޝިފާންއަކީ އައްޑޫގެ އިތުރުން ފުވައްމުލައް ހިމެނޭ ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރުކަމާ މިދިޔަ އަހަރުގެ ތެރޭގައި ހަވާލުވެވަޑައިގެންނެވި ބޭފުޅެެކެވެ.