Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

މާލެ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް

ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް މާލެ ސިޓީ ކައުންސިލުން ހުޅުވައިފި އެވެ.

ކާނިވާ ސަރަހައްދުގައި "މާލެ ފެހި" ނަމުގައި ހެދި ފިހާރަ ރޭ ހުޅުއްވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެތަން
ހުޅުވައިދެއްވުމަށް ފަހު އޭނާ ވިދާޅުވީ، މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި އާއްމުންނަށް ގަސް ގަނެވޭނެ ގޮތަށް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ވެސް މާލެ ފެހިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އޭގެ އިތުރަށް ގޭގަ އާއި ގޯތިތެރޭގައި ގަސް ހައްދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ފަހިކޮށް ދިނުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރޭ ހުޅުވި "މާލެ ފެހި" ފިހާރައިން މިހާތު ވެސް 25 ބާވަތެއްގެ ގަހާއި ގަސް ހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބޭނެ އެވެ.

މުއިއްޒު ވިދާޅުމީ މި ފިހާރަވާނީ މާލެ ސިޓީ ކައުންސިލަށް އިތުރު އާމްދަނީއެއް ވެސް ލިބޭނެ ކަމަކަށެވެ.