Last Updated: September 20, 14:00
Friday, September 20, 2024
ޚަބަރު

އަންހެނުންނަށް ތަފުސީރު ކޯހެއް ބާއްވަނީ

ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމް ފަރާތުން އައްޑޫޓީގައި ކީރިތި ޤުރްއާނުގެ ތަފްސީރު ކޯހެއް، ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ނޫރުލް އިސްލާމުން ބުމނީ މި ކޯސް އޮންނާނީ މި މަހުގެ 13-16 އަށެވެ.

ހަމައެކަނި އަންހެން ބޭފުޅުންނަށް ބައިވެރިވެ ވޭގޮތަށް، ކުރިއަށް ގެންދާ ކޯހުގައި ކިޔަވައި ދެއްވާނީ ކެނެޑާގެ ބޭފުޅެއް ކަމަށްވާ އުސްތާޛާ ޢާއިޝާ އަލްޠާފް އެވެ.

ކޯސް ކުރިއަށް ދާނީ 13-16 އަށް ކޮންމެ ދުވަހަކު، ހަވީރު 4:00 އިން 6:00 އަށެވެ. ކޯސް ކުރިއަށް ދާނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގަ އެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 7525158 ނަންބަރަށް ގުޅައިގެން މިހާރު ނަން ނޯޓް ކުރެވޭނެ އެވެ.

ނޫރުލް އިސްލާމްގެ ފަރާތުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިކޯހުގެ ބައެއް، މާލޭގައި ވެސް ހިންގައިފަ އެވެ. އަދި އެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.