ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ވެސް ބާތިލް ކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅީ އެ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކޮށް ނާކާމިޔާބުވި އަދި ކެމްޕޭނުގެ އެންމެ ފަހު މަރުހަލާގައި ގޮނޑި ކާމިޔާބް ކުރެއްްވި މުހައްމަދު އަސްލަމް މަރުގެ އިންޒާރު ދެއްވި ކަމަށް ބުނާ އަލީ އިބްރާހިމެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަލީ އިބްރާހީމާ ވާދަ ކުރައްވައިގެން، މިހާރު ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ އަސްލަމާ ކާމިޔާބް ކުރެއްވީ 100 އަށް ވުރެ ގިނަ ވޯޓްގެ ތަފާތުންނެވެ.
އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވަނީ ހައި ކޯޓަށެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ހައި ކޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުކުރު ދުވަހުގެ ރޭ ހަމަވާނެ އެވެ.
މީގެ ކުރިން ހިތަދޫ މެދު ދާއިރާގެ އިންތިހާބު ވެސް ބާތިލް ކުރަން އެ ދާއިރާ އަށް ވާދަކޮށް ނާކާމިޔާބުވި ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ ކޯޓަށް ހުށަހަަޅައިފަ އެވެ.
އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރިޓަޔާގް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީ އެެވެ.