Last Updated: November 26, 22:39
Tuesday, November 26, 2024
މުނިފޫހިފިލުވުން

"ހައުސްފުލް 3" ގައި އަކްޝޭ އާއި އަބިޝެކް

ސާޖިދު ހާންގެ ކާމިޔާބް ހެއްވާ މަޖާ ފްރެންޗައިޒް "ހައުސްފުލް 3" ގެ ލީޑް ރޯލަށް އަކްޝޭ ކުމާރާއި އަބިޝެކް ބައްޗަން ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަކްޝޭ ވަނީ 2009 ގައި ނިކުތް "ހައުސްފުލް" އާއި 2012 ގައި ނިކުތް "ހައުސްފުލް 2" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އެހެން ނަމަވެސް މިއީ "ހައުސްފުލް" ގެ ފްރެންޗައިޒެއްގައި އަބިޝެކް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު އޭނާއަކީ ސީކްއެލްތަކަށް އާ ތަރިއެއް ނޫނެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ ބްލޮކްބަސްޓާ ފްރެންޗައިޒް "ދޫމް" އެވެ. އަދި މިއީ އަކްޝޭ އާއި އަބިޝެކް 12 ވަރަކަށް އަހަރު ފަހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމަށް ވާނެ އެވެ.

އެ ދެ މީހުން މީގެ ކުރިން އެކުގައި ފެނިގެން ގޮސްފައި ވަނީ 2002 ވަނަ އަހަރު ކަަރިޝްމާ ކަޕޫރާ އެކު، ދަރްމޭޝް ދަރްޝަންގެ "ހާނ…މެއިނޭ ބީ ޕިޔާރް ކިޔާ" އިންނެވެ.

283586xcitefun-housefull-2-brides_1024x76811

ރިޕޯޓްތައް ބުނާ ގޮތުން "ހައުސްފުލް 3" ގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. ސާޖިދު މިހާރު ބިޒީކޮށް އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ހަމްޝަކަލްްސް" ގެ މަސައްކަތުގައި ބިޒީކޮށެވެ.

އެހެން ނަމަވެސް ފިލްމުގެ ބަތަލާއިންނަކި އަދި ކޮބައި ކަމެއް ނޭނގެ އެވެ.

އަންނަ ޖޫން 20 ގައި ރިލީޒް ކުރާ މި ފިލްމަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ސައިފް އަލީ ހާން، ރިތޭޝް ދޭޝްމުކް، ޓީވީ އެކްޓަރު ރާމް ކަޕޫރު، ބިޕާޝާ ބާސޫ، އީޝާ ގުޕްތާ އަދި ތަމަންނާ ބާޝިއާ ހިމެނެ އެވެ.

"ހަމްޝަކަލްސް" ގައި ސައިފާއި ރިތޭޝް އަދި ރާމް މި ތިން ތަރިންގެ ތެރެއިން ކޮންމެ ތަރިއެއްގެ ތިން ކެރެކްޓާ ފިލްމުން ފެނިގެން ދާނެ އެވެ.

މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ހިމޭޝް ރޭޝަމިއާ އެވެ.