މެލޭޝިއާގައި މިހާރު ކުރިއަށްދާ "62 ވަނަ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022” މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ހަމަޖެހިފައިވާ ދަރިވަރާއި ބެލެނިވެރިޔާ މެލޭޝިޔާ އަށް ފުރައިފިއެވެ.
ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ބައިވެރިވުމަށް، ދަރިވަރަކު ހޮވީ އެކަމަށް ބޭއްވި ހާއްސަ އޮޑިޝަނަކަށް ފަހު އެވެ. މި މުބާރާތު ރާއްޖޭގައި ވާދަކުރަނީ ކަލާފާނު ސްކޫލުގެ ދަރިވަރެއް ކަމަށްވާ އާއިޝަތު ލީސް އަޢުރަފް ފާރޫޤެވެ.
"62 ވަނަ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ހަމަޖެހިފައިވާ ބައިވެރިޔާ އާއި ބެލެނިވެރިޔާ މެލޭޝިޔާއަށް ފުރުން. pic.twitter.com/Nd0YKDzKI1
— National Centre for the Holy Quran (@nchq_official) October 18, 2022
ދަރިވަރު އިއްޔެ މެލޭޝިއާ އަށް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ދަރިވަރާ ބައްދަލުކުރައްވައި ހިތްވަރު ވެސް ދެއްވައިފަ އެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، "62 ވަނަ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022"ގައި ރާއްޖެ ތަމްސީލުކުރާ ދަރިވަރު އާއިޝަތު ލީސް އަޢުރަފް ފާރޫޤާއި ބައްދަލުކުރެއްވުން. މި ދަރިވަރު މެލޭޝިއާއަށް ފުރީ މިއަދު. pic.twitter.com/ew1VarOoc4
— Ministry of Islamic Affairs (@MVIaffairs) October 18, 2022
މެލޭޝިއާ ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން މުބާރާތް ކުރިއަށް ގެންދަނީ ވެރިރަށް ކުއަލަލަމްޕޫރުގައި މި މަހުގެ 17-22 އަށެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އުމުރުން 15 އަހަރުގެ ލީސް އަކީ މުބާރާތުގައި ވާދަކުރާ އެންމެ ހަނގު ދަރިވަރުކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ބުންޏެވެ.
"އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ" ގައި ރާއްޖެ ތަމްސީލުކުރާތާ 20 ވަރަކަށް އަހަރު ވެފައިވާއިރު، ރާއްޖެޭން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން މިހާތަނަށް ގަދަ 10 އާއި ގަދަ 5 ގައި ވެސް ހިމެނިފައިވެ އެވެ.