އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ޔޫރޮލޮޖީގެ ހިދުމަތް ރަސްމީކޮށް ފަށަން ތައްޔާރީތަކެއްވާން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން މިހާރު ވަނީ އެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ އިކްޕްމަންޓް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ވެސް ހުޅުވާލައިފަ އެވެ. އޭއީއެޗުން ނެރުނު އިއުލާނެއްގައި ބުނީ ތަކެތި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ
ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވާން މި މަހުގެ 26 ގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. މި އީމެއިލް tender@aeh.gov.mv މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ.
ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަންނާނެ ކަމަށް އޭއީއެޗުން ބުންޏެވެ. ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 7 ގެ މެންދުރު ފަހު 1:00 ގައި ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމްގަ އެވެ.
ޔޫރޮލޮޖީގެ ހިދުމަތަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަށް ދެވޭ ފަރުވާ އެވެ. އެ ފަރުވާ އަކީ މިހާރު ވެސް ހޮސްޕިޓަލުން ވިޒިޓިން ޑޮކްޓަރުންނާ އެކީ ދެމުން އަންނަ ހިދުމަތެކެވެ.