ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ތަހުޤީޤުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ހުށަހެޅިފައިވަނީ މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
"ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާތުގެ ޤާނޫނު) ގެ 139 ވަނަ މާއްދާ އަދި ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބުނާ މައްސަލަ، …" ޖޭއެސްސީން ބުނެފައިވެއެވެ
ޖޭއެސްސީން ބުނެފައިވަނީ މިމައްސަލަ ބެލުމަށް ނިންމާފައިވަނީ 2022 އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ކަމަށެވެ.