މިދިޔަ ހަފްތާގައި ރާއްޖެ އިން 86 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 51 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ ސިނާއީ މަސައްކަތް ކުރާ ރަށްތަކާއި ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ 35 ގަ އެވެ. ނަމަވެސް އަތޮޅުތަކުގެ ތެރެއިން މިދިޔަ ހަފްތާގައި ކޮވިޑް ކޭހެއް ފެނިފައެއް ނުވެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގަ އެވެ.
ކޮވިޑް-19 އަށް މުޅި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ 185،280 ގައެވެ. އެ ބަލީގައި 308 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.