އައްޑޫގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ޓްރެފިކް އޮޕަރޭޝަނެއް ފަށައިފި އެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި އޮޕަރޭޝަނަކީ އައްޑޫގެ މަގުތަކަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށާއި ހިތަދޫގައި ދުއްވާ އެއްގަމު އިންޖީނުލީ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދުއްވަމުންދާ އުޅަނދުތަކެއްކަން ކަށަވަރު ކުރުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ..
މި އޮޕަރޭޝަނުގައި އަހަރީ ފީ ޤަވާއިދުން ދައްކާފައިވޭތޯ އާއި ރޯޑްވާދިނަސް ހައްދާފައިވޭތޯ ބެލުމުގެ އިތުރުން އުޅަނދުފަހަރު އިންޝުއަކޮށް އިންޝުއަރެންސް ޤަވާއިދުން އާކޮށްފައިވޭތޯ ބަލަމުން ގެންދެ އެވެ.
މީގެ އިތުރުން އެފަދަ އުޅަނދުތައް ބޭނުންކޮށްފައިވާ މުއްދަތަކާއި ވެހިކަލްގެ ކޮންޑިޝަނަށާއި އެހެނިހެން ކަންކަމަށް ވެސް ބަލަ އެވެ.
މި އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.