މޭއި މަހު އައްޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ކުރަމުން އަންނަ ހިތަދޫ ޒޯން ސްޓޭޑިއަމްގެ ނިންމުމުގެ އެންމެ ފަހުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. އެގޮތުން ސިޑި ބަރީގައި ކުލަ ލުމާއި، ކަރަންޓް ވައިރިންގެ މަސައްކަތް ކުރިއަށް ގެންދާ އިރު ސްޓޭޑިއަމްގެ ތެރެ ސާފު ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ނިންމަމުންނެވެ.