ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އަލްޓްރާ ސްކޭނިން ހިދްމަތް ފަށައިފިއެވެ.
ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ އަލްޓްރާ ސްކޭނިންގެ ހިދްމަތް ހޮސްޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދޭން ފަށާފައިވާ ކަމަށެވެ. އަދި މީ އަލަށް ހޮސްޕިޓަލުން ދޭން ފެށި ހިދްމަތެއް ކަމަށް ހަފްސާ ވިދާޅުވިއެވެ.
ހޮސްޕިޓަލުން ދެމުންދިޔަ ސްކޭނިން ހިދްމަތް މިދޭތެރޭއިން މެދުކެޑިފައި އޮތުމަށް ފަހު މިހާރު ފެށިފައިވަނީ މިސްރުގެ ރޭޑިއޮލޮޖިސްޓަކާއި އެކުއެވެ.
ހަފްސާ ވިދާޅުވީ ތައިރޮއިޑް ޓެސްޓާއި، ހޯމޯން ޓެސްޓްތައް ވެސް މިހާރު ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.