* އަނބިމީހާ އެދޭ ހަތް ކަންތައް:
1. ޝުކުރު އަދާކުރުން: ތެދެކެވެ. ފިރިމީހާގެ މަސައްކަތްވެސް ބޮޑުވެފައި ބުރަ އެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހެ އެވެ. އެކަމަކު އަނބިމީހާ މަސައްކަތް ކުރުމުން އެކަންތައް ފާހަގަކޮށްފައި ވާހަކަ ދެއްކުމަކީ އަނބިން ރުހޭ ކަމެކެވެ. އެންމެ ޝުކުރަކުން އަނބިމީހާ ހިތްހަމަ ޖެހި އުފާވެދާނެ އެވެ.
2. ތިޔައީ ވަރަށް ރަނގަޅު މަންމަ އެއް އަދި ވަރަށް ލޯބި އަންބެއް: މިފަދަ އިބާރާތެއް ބޭނުން ކޮށްލުމުން އަނބިމީހާގެ މުޅި ކާއިނާތު ބަދަލުވެ އުފަލުން ފޮޅިދާނެ އެވެ. ވަރަށް ގިނަ ފަހަރު އަނބިމީހާ ގެ ހެޔޮކަމުގެ ވާހަކަ ދައްކާނެ އިތުރު މީހަކު ފިރިމީހާ ނުވާނެ އެވެ އެހެންވެ ގިނައިން އަނބިމީހާ އަށް ތައުރީފު ކުރާށެވެ.
3. ގެވެހި ކަންތަކުގަ އަތްގާތްކޮށްލަ ދިނުން ނުވަތަ އޮފީހުގެ ކަންތަކުގައި ހިޔާލު ދިނުން: ބައެއް އަނބިންނަކީ ފިރިމީހާ އެކޭ އެއްގޮތަށް އޮފީހުގައި ވަޒީފާ އަދާކުރާ މީހަކަށް ވެދާނެ އެވެ، އެކަހަލަ އަނބިން ވެސް ފިރިމީހާގެ އެހީ އަށް އެދެ އެވެ. މިސާލަކަށް އަނބިމީހާ ލިޔެފައި ހުންނަ އެއްޗިހި ރަނގަޅުތޯ ބަލައި ދިނުން ހިމެނެ އެވެ މި ވެސް ފިރިމީހާގެ ތައުރީފް ލިބި ގަތުމަށް އަނބިން ބޭނުން ކަމެކެވެ.
4. އަހަރެން ވަރަށް ލޯބިވޭ: ފޯނުކޮށްލާފައި ނޫނީ ކަންފަތް ކައިރީ މި ބަސް ފިރިމީހާ ބުނުމުން އަނބިމީހާ ވަރަށް އުފާވެފަ ފަޙުރުވެރި ވެވޭނެ އެވެ. ތިމާ އަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިގެން ވާކަން އިހްސާސް ވާނެ އެވެ. ލޯބި ވަނީ ކިހާ ވަރަކަށް ކަމާއި ލޯބި ވެވުނީ ކީއްވެގެންކަން ވެސް ބުނެ ދޭން ޖެހޭ ފަހަރު އަތުވެދާނެ އެވެ.
5. ހާދަ ރީއްޗޭ: އަނބިމީހާ ގެ އުމުރަށް ނުވިސްނާށެވެ. ތިމާއަށް ތައުރީފް ކުރަން އަނބިމީހާ ނޭދޭ ޢުމުރެއް ނާންނާނެ އެވެ. ކަލާ މިއަދު ހާދަ ލޯތްބޭ، ރީއްޗޭ ފިރިމީހާ ބުނުމުން އަނބިމީހާ ލަދުގަނެ އުފާވާނެ އެވެ މިއީ ތޮބީއީ ކަމެކެވެ. އަދި ދެމަފިރިންގެ ގުޅުން ބަދަހިވެގެން ދާނެ ކަމެކެވެ.
6. ކަލާ އެންމެ އަޅާ ހިތްވަނީ ކޮން ކަހަލަ ގަޑިއެއް: މިފަދަ ސުވާލުކޮށްލުން އާދަ ކުރާށެވެ. ގިނަ އަންހެން ކުދިން އަޅަން ބޭނުން ވާނީ ސެރަމިކް ގަޑިޔެވެ. ނޫނީ ޑައިމަންޑް ޖެހި ރާޑޯ ގަޑި އެވެ. ސަޕްރައިޒެއްގެ ގޮތުގައި މިކަހަލަ ހަދިޔާއެއް ދޭށެވެ. ރުޅި އައިސްފަ އިންނަ އަނބިމީހާ ވެސް ހިނިތުން ވެފައި ރަނގަޅު ވާނެ އެވެ.
7. މިރޭ ހަނދުވަރު ވަރަށް ރީތި ހިނގާ ހިގާލަން ދާން: ބީޗްގައި އަނބިމީހާ ގެ އަތުގައި ހިފައިގެން ހިނގާލަން ދިޔުމަކީ ފޮތުގައި އެކަނި ލިޔެގެން ހަމަ ޖެހޭ އެއްޗެއް ނޫނެވެ.
އެހެނަސް މިފަދަ އުފަލެއް ތިމާގެ އަނބިމީހާ އަށް ދިނުމުން އަނބިމީހާ ހިތް ހަމަޖެހި އެ ފިރިމީހާއަށްޓަކައި ފިދާވާނެކަން ޔަޤީނެވެ. އަނބިން ބޭނުން ވާނީ ލޯތްބާއި އަޅާލުމެވެ. މިއީ ވެސް ލޯބީގެ އަދާއެކެވެ.