ރާއްޖޭގެ މަޝްހޫރު ޑޮކްޓަރު މުހައްމަދު އަލީ އާންމުކުރައްވާ މައުލޫމާތުތަކުން ގިނަ ކަންކަން ސާފުވެ އެވެ. ސިއްހަތާ ގުޅޭ ގޮތުންނާއި ދުޅަހެޔޮ ސިއްހަތާ ގުޅޭ ގޮތުން އޭނަ ދެއްވާ އިރުޝާދުތައް ގިނަ އެވެ. ހަމަމިއާ އެކު ދިވެހިން ސަމާލުކަން ދޭންވީ ވަރަށް ގިނަ ކަންކަން ޑރ. މުހައްމަދު އަލީ ގެންދަވަނީ ފަސޭހައިން މޭރުންވާ ގޮތަށް ތިލަކޮށްކޮށް ދެއްވަމުންނެވެ.
އޭނަގެ މި ޓްވީޓްތަކުން ވެސް ހާމަކޮށްދެނީ މިކަމެވެ. ދިވެހިން ލޯ ހުޅުވަންވެއްޖެ އެވެ. ސިއްހަތާ މެދު މިހާރަށް ވުރެ ބޮޑަށް ފުންކޮށް ވިސްނާންވެއްޖެ އެވެ. ޑރ. މުހައްމަދު އަލީ މި ފަހަރު މި ތިލަކޮށްދިން ތަފާސްހިސާބުތަކަށް ނިކަން ނަޒަރު ހިންގައިލަމާ ހެއްޔެވެ؟
I think before the #Maldives sinks below the sea, 1/2 of the Maldivians will be either dead or disabled by the year 2100.
– 1 in 4 Maldivians are smokers
– Youngest Maldivian smoker is 8 year old
– 1 in 20 Maldivians consume alcohol atleast once in life time. 1/3— Dr. Mohamed Ali (@Moxamedalu) November 7, 2022
އޭނަ އިއްޔެ ކުރެއްވި ވަރަށް މުހިއްމު ތިން ޓްވީޓެއްގެ ތެރެއިން ފުރަތަމަ ޓްވީޓްގައި އޮތީ މޫސުމީ ނޭދެވޭ އަސަރުތަކާ ހެދި ރާއްޖެ އަޑިއަށް ހިނގައިދާނެކަމުގެ ބިރަށް ވުރެ ބޮޑަށް މި ވަގުތު އޮތީ ދިވެހިންގެ އާންމު ސިއްހަތާ މެދު އޮތް ނުރައްކާތެރިކަމުގެ ބިރެވެ. ޑރ. މުހައްމަދު އަލީ ވިދާޅުވީ ގޮތުގައި ފަރުވާ ކުޑަކޮށްލެވޭ ސިއްހީ ކަންކަމާ ހެދި 2100 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން މަރުވެދާނެ އެވެ. ނޫނީ ނުކުޅެދޭ ބަޔަކަށް ވެދާނެ އެވެ.
– 1 in 2 Maldivians eat less than 5 servings of fruits or vegetables/ day
– 1 in 3 Maldivians add extra salt to their food
– 1 in 3 Maldivians has high cholesterol
– 50% of Maldivians do not exercise to bare minimum WHO requirements
– 50% Maldivians are overweight2/3
— Dr. Mohamed Ali (@Moxamedalu) November 7, 2022
މި ވާހަކަ އޭނަ އިތުރަށް ތަފުސީލުކޮށް ދެއްވީނުރަނގަޅު އާދަކާތަކާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތަކާ ގުޅުވައި ގެނެސްދެއްވި ދިގު ލިސްޓަކުންނެވެ. ލިސްޓަށް ނިކަން ބަލައިލަމާ ހިނގާށެވެ. މިއީ ހަމަ ދިވެހިންގެ ހާލަތެވެ. ހުސް ކަންބޮޑުވާން ޖެހޭ ވަރުގެ ކަންކަމެވެ.
* ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް
* 8 އަހަރުން ދަށުގެ ކުދިން ވެސް ދުންފަތުގެ އިސްތިއުމާލުކުރޭ
* ކޮންމެ 20 މީހަކުން އެކަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ބަނގުރާ ބޯ މީހެއް
* ކޮންމެ ދެ މީހަކުން އެކަކީ ދުވާލެއްގެ މައްޗަށް ކާންވާ ވަރަށް ތަރުކާރީ އާއި މޭވާ ނުކާ މީހެއް
* ކޮންމެ ތިން މީހަކުން އެކަކީ މާ ގައިން ލޮނު ބޭނުންކުރާ މީހެއް
* ކޮންމެ ތިން މީހަކުން އެކަކީ ކޮލެސްޓްރޯލް ހުންނަ މީހެއް
* އާބާދީގެ 50 ޕަސެންޓަކީ ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ކަސްރަތު ނުކުރާ މީހުން
* އާބާދީގެ 50 ޕަސެންޓަކީ ފަލަ މީހުން
* ކޮންމެ ފަސް މީހަކުން އެކަކީ އާދަޔާހިލާފަށް ފަލަ މީހެއް
* ކޮންމެ ހަތަރު މީހަކުން އެކަކީ ލޭމަތި މީހެއް
* އާބާދީގެ 14 ޕަސެންޓް މީހުންގެ ހަކުރުމަތި
* އުމުރުން 18-44 އަހަރާ ދެމެދުގެ ކޮންމެ ތިން މީހަކުން އެކަކީ ތިނެއް ނުވަތަ އެއަށް ވުރެ ގިނަ ހިތުގެ މައްސަލަތައް ހުންނަ މީހެއް
* އާބާދީގައި ހިމެނޭ 45-59 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހިދާނެ ފަދަ އާދަތައް ގެންގުޅޭ މީހުން
– 1 in 5 Maldivians are obese
– 1 in 4 Maldivians have high Bp
– 14% of Maldivians have high sugars
– 1 in 3 Maldivians of age 18-44 years hv 3 or more cardiovascular risk factors
– 50% of Maldivians aged 45-69 yesrs have 3 or more risk factors to heart attacks or strokes 3/3— Dr. Mohamed Ali (@Moxamedalu) November 7, 2022
ޑރ. މުހައްމަދު އަލީ އެންމެންގެ ސަމާލު ކަމަށް މިކަން ގެންނަވާފައި ވަނީ 2020-2021 ގެ ސްޓެޕްސް ސާވޭ އަށް ބިނާކޮށެވެ.