Last Updated: December 18, 22:13
Wednesday, December 18, 2024
ޚަބަރު

އައްޑޫ ސްޓޭޑިއަމް ވީރާނާވާ ވާހަކަ

އައްޑޫ ސްޓޭޑިއަމް ހަލާކުވަމުންދާތީ ކައުންސިލަރަކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އައްޑޫ ނޭޗާ ޕާކް ވެސް ނުބެލެހެއްޓި އެތަން ވީރާނާވަމުންދާ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަންބޮޑުވުން ފާޅުކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު މިއަދު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހިތަދޫގައި އޮތް އައްޑޫ ސްޓޭޑިއަމް ހަލާކުވެ ވީރާނާވެމުންދާ އިރު، އެއްވެސް އަޅާލުމެއް ނެތި އެތަން ދޫކޮށްލާފައިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އޭނަ ވިދާޅުވި ގޮތުގައި ސްޓޭޑިއަމްގެ ވަޑައިގެން ޖަހާފައިވާ ފެންސްގެ ބޮޑު ބައެއް ވެސް ހަލާކުވެފައިވާ އިރު، އެތަނުގެ ފާހާނާތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ސްޓޭޑިއަމްގައި ހުރި މައްސަލަތައް ލިސްޓްކޮށް ސައީދު ވިދާޅުވި ގޮތުގައި ކުޅުންތެރިން ބޭނުންކުރާ ފާހާނާގައި ވެންޓިލޭޝަނެއް ވެސް ނެތް ކަމަށާއި ދަނޑު އެއްވަރުކުތަން ބޭނުން ކުރާނެ ރޯލަރެއް ވެސް ނެތް ކަމަށެވެ.

"ޢިމާރާތުގެ އެތެރޭގައި ޖަހާފައިވާ މުށީގެ ބޮޑު ބައި ވަނީ ނެއްޓިފެއި. ޢިމާރުގެ އެތެރެ އާއި ބޭރުގެ ތި އެތެރާއި ބޭރަ ކުލަ ކެނޑު ކުލަ ލީ ހަނދާނެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ. "އިމާރާތުގެ އެތެރޭގައި ހުރި ފާހާނާތަކަށް ވެހެނީ ވާރޭ. ތިބީ ތިބޭނެ ލެހެކަށް ދިމަދިމާލުން ފެން ލީކްވެ ޢިމާރާތުގެ އެތެރެ އޮންނައި ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެފައި."

މީގެ ވާރޭ ވެހޭ ދުވަހެއް ނަމަ ސްޓޭޑިއަމްހެ ބެންޗް ސަރަހައްދު އޮންނަނީ ޕެލެޓް ފްލޯޓިން އޭރިއާއެއްހެން ކަމަށ ވެސް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސްޓޭޑިއަމްގެ ހާލަތު ޔޫތު މިނިސްޠްރީ އަށް މަހުން މަހަށް ރިޕޯޓްކުރާ ކަމަށެވެ.

"މިތަނުގެ ހާލަތު ޔޫތް މިނިސްޓަރަށް، ސްޓޭޓް މިނިސްޓަރުންނަށް، ސްޕޯޓްސް ޑިޕާރޓްމަންޓުގެ ވެރިންށް އަދި ޒިންމާދާރުވެރިޔާ އަށް ވެނީ ދެއްކިފެއި." ސައީދު ވިދާޅުވި އެވެ. "ޔޫތު މިނިސްޓަރުގެ މަގާމާ އަހުމަފު މަހުލޫފް ހަވާލަވިތާ ކުރީކޮޅު އައްޑު އަށް ކުރެއްވި ޒިޔާރަތުގއި ސްޓޭޑިއަމްއެ އިރުމަތީ ފަރާތު ދެކުނަށް އޮތް ކަނާއި ކުރީ ސަރުކާރުން ހަދަން ފެށ ޓާފް ދަނޑޔ ނިންމައި ލައިޓް ޖަހައި ދޭން ޒުވާނުންނަށް ވަޢުދުވެވަޑައިގަތް. އެކަމަކު މިއަދާ ހަމައަށް ވެސް ތަން އޮތީ އޮތް ގޮތަށް."

ސައީދު ވިދާޅުވީ ޔޫތު މިނިސްޓރީގެ ބެލުމުގެ ދަށި އޮތް ސްޓޭޑިއަމް ހަލާކުވެ ވީރާނާ ވަމުންދާ އިރު، އެކަމުގެ ޒިންމާ ޔޫތް މިނިސްޓަރު ނަންގަވަން ޖެހޭނެ އެވެ.

"ރާއްޖޭގައި ދެވަނަ އެންމެ އާބާދީ ބޮޑު އޮތް އައްޑޫގެ ޒުވާނުންނަށް ހައްގު މިންވަރަކީ މިއީތޯ؟" އޭނާ ވިދާޅުވި އެވެ

ސައީދުގެ ޕޯސްޓްގައި އޭނަގެ އާންމު ބަހުން ވިދާޅުވީ "މަ އުފާވަނީ" މިފަދަ ވާހަކަތައް މިނިވަންކަމާ އެކީ އެއްކޮށް ދެއްކޭތީ ކަމަށެވެ.