Last Updated: April 18, 20:01
Friday, April 18, 2025
މީހުން

ބައުންސް ޗެކެއް ދީގެން ހިތަދޫ މީހަކު ހޯދަނީ

ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ ޗެކް ބައުންސް މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ހޯދަނީ ހިތަދޫ، ރީލްމަންޒިލް މުޙައްމަދު ލަޠީފް، 56، އެވެ.

ލަޠީފް އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓަލައިން ނަމްބަރު 3322111 އަށް ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.