Last Updated: November 27, 11:56
Wednesday, November 27, 2024
ޚަބަރު

ފޭދޫން "ވައްކަން ކުރި" މީހަކު ހޯދަނީ

ސ. ފޭދޫ ގެއަކުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން، ކޯޓް އަމުރެއްގެ ދަށުން މީހަކު ހޯދަން ފަށައިފި އެވެ.

މި މައްސަލަ އާ ގުޅިގެން ހޯދަމުން ދަނީ ފޭދޫ، ކޯޒީކޯނާ މުޙައްމަދު މަޙްފޫޒް، 25، އެވެ.

މަޙްފޫޒް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ ފޭދޫ ގެއަކުން މި މަހުގެ 19 ވަނަ ދުވަހުގެ ރޭ -/2000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި މޯބައިލް ފޯނެއްގެ އިތުރުން އަތުގައި އަޅާ ރަން ޗެއިނެއް ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލަ އާ ގުޅިގެންނެވެ.

އެހެންވެ އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓަލައިން ނަމްބަރު 3322111 އަށް ނުވަތަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅައި މަޢުލޫމާތު ހިއްސާ ކުރަން ފުލުުުހުން އެދެ އެވެ.