Last Updated: September 20, 14:00
Friday, September 20, 2024
ޚަބަރު

"މޭ ޑޭ" ގައި ވެސް ސްކޫލްތައް "ބިޒީ"

މޭ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަސް އަންނަ މަހުގެ އެކެއްގައި ފާހަގަ ކުރާ އިރު، އައްޑޫގެ ގިނަ ސްކޫލްތަކުގެ މުވައްޒަފުން އެ ދުވަހު ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ސްކޫލްތަކުގެ ބައެއް މުވައްޒަފުން ބުނީ ސްކޫލްތަކަކީ މުޅި އަހަރުތެރޭގައި ވެސް އެންމެ ބުރަކޮށް މަަސައްކަތް ކުރާ މުވައްޒަފުން ތިބި ދާއިރާ ކަމަށެވެ.

އެހެން ނަމަވެސް މޭ ޑޭ ފަދަ ދުވަހެއް ފާހަގަކޮށް އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް ސްކޫލްތަކުގެ މުވައްޒަފުން އުޅެން ޖެހެނީ އެ ދުވަހު ވެސް "ހޭބޯ ނާރައި" މަސައްކަތުގައި ކަމަށް ބައެއް މުވައްްޒަފުން ބުންޏެވެ.

HJNK (2)

"މަސައްކަތްތެރިންގެ ދުވަހެއް ފާހަގަ ކުރާ އިރު، އަޅުގަނޑުމެން މި ޖެހެނީ ހަމަ އާދައިގެ މަތިން ހަމަ އެ ދުވަހު ވެސް މަސައްކަތުގައި ބިޒީކޮށް އުޅެން. ދުވާލާއި ރޭގަނޑު ވެސް ހަމަ މިފަދަ ހާލެއްްގައި އުޅެނީ،" އައްޑޫ ހައި ސްކޫލްގެ ޓީޗަރަކު ބުންޏެވެ. "މިހެންވުމުގެ ސަބަބުން މަސައްކަތްތެރިންގެ ދުވަހެއް ފާހަގަ ކުރުމުގެ ހަގީގީ މަގުސަދެއް ހާސިލް ކުރެވޭ ކަމާ ދޭތެރޭ ސުވާލް އުފެދޭ."

HJNK (3)

ސްކޫލްތަކުގެ ބައެއް މުވައްޒަފުން ބުނީ މޭ ޑޭގައި ބިޒީކޮށް އުޅެން ޖެހޭތީ ސްކޫލްތަކުގެ މެނޭޖްމަންޓްތަކާ ވެސް ކަންބޮޑުވުން ހިއްސާކޮށްފައި ވާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ކޮންސާންތަކަކަށް އެޓެންޑެއް ނުކުރެވޭ. އެހެންވެ މިކަން އެބަޖެހޭ ކޮންމެވެސް ބައެއްގެ ސަމާލު ކަމަށް ގެންނަން،" ފޭދޫ ސްކޫލްގެ ޓީޗަރަކު ބުންޏެވެ.