(އެޕްރީލް 29، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ނަޝީދު ހައްޔަރު ކުރުން
ސިޔާސީ މަގުސަދަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ވަނީ ހައްޔަރުކޮށްފަ އެވެ. އޮގަސްޓް 12، 2005 ގަ އެވެ. ސަރުކާރުން ނަޝީދު ހައްޔަރު ކުރެއްވެވީ އޭނާގެ އަމިއްލަ ސަލާމަތާ މެދު ސަރުކާރުން ކަންބޮޑުވާތީ ކަމަށް ވިދާޅުވެފައިވެ އެވެ. ފަހުން އޭނާ ހައްޔަރު ކުރެއްވި ސަބަބެއް ކަމަށް ބަޔާން ކުރެއްވީ އައިރު ގާނޫނީ އެއްވުމެއްގައި ނަޝީދު ބައިވެރިވެވަޑައިގެންފައިވާތީ ކަމަށެވެ.
މި އެއްވުމުގެ ތެރެއިން ސަލާމަތީ ފުލުހުންނަށް ހަމަލާ ދީފައިވާތީ ކަމަށެވެ. ނަމަވެސް ނަޝީދު ހައްޔަރު ކުރެއްވި ވަގުތު ނަގާފައިވާ ވީޑިއޯތަކަކުން މިފަދަ ކަމެއް ފެންނާކަށް ނެތް ކަމަށް އެމްޑީޕީ އާއި ނަޝީދުގެ ގާނޫނީ ވަކީލުން ބަޔާން ކުރައްވައިފަ އެވެ.
ނަމަވެސް އޮކްޓޯބަރު 10، 2005 ގައި ނަޝީދުގެ މައްޗަށް ދައުވާ ކުރެއްވި އެވެ. މުޅިން އެހެން މައްސަލައެއްގެ މައްޗަށެވެ. އެއީ ޓެރަރިޒަމްގެ ކުށުގެ ދައުވާ އާއި ދައުލަތާ އިދިކޮޅު ހަރަކާތެއް ކުރަން އުޅުނު ކަމުގެ ދައުވާ އެވެ.
އެއްގަމު އުޅަނދުގައި ފުރަތަމަ މުޒާހަރާ
އެއީ އެޕްރީލް 14، 2006 އެވެ. މިއީ މަސްވެރިންގެ ހައްގުތަކަށް ގޮވާލި މުޒާހަރާ އެވެ. މަސްވެރިންގެ ހައްގުތަކަށާއި ރާއްޖޭގެ ކަނޑުތައް ބޭރު މީހުންނަށް ވިއްކާ ނުލުމަށާއި މިފްކޯ އުވާލުމަށް ގޮވައިލެވުނެވެ.
އައްޑޫގައި މި މުޒާހަރާ ކުރެވުނީ ހިތަދޫން ފޭދު އަށް، އެެއްގަމު އުޅަނދުގަ އެވެ. ސައިކަލާއި ކާރާއި ޕިކަޕްގަ އެވެ. ގަމާއި ފޭދު އާއި ދޭތެރޭ އޮންނަ ފާލަމުގައި ސަލާމަތީ ބާރުތަކުގެ ސިފައިން އެތުރިގެން ތިބުމާ އެކު އެހާ ހިސާބަށް މުޒާހަރާ ނިންމީލީ އެވެ. މި މުޒާހަރާ އަށް ނިކުތް 29 މީހަކު ތިނަދު އާއި މާލޭން ހައްޔަރު ކުރި އެވެ. (ނުނިމޭ)
ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.