އޭއެފްސީ ޗެލެންޖް ކަޕްގެ ފޯރި އައްޑޫގައި ގަދަ ކުރުމުގެ ގޮތުން ހުޅުމީދޫގައިވެސް ވެހިކަލް ބުުރެއް ބާއްވައިފި އެވެ.
މީދޫ ބަނދަރު ސަރަހައްދުގައި ހުންނަ ސަންސެޓް ރެސްޓޯރެންޓް ކުރިމަތިން ފެށި ބުރު ވަނީ މީދޫގެ ބޮޑުމަގުން ގޮސް ހުޅުދޫގެ ބޮޑުމަގުން ދަތުރުކޮށްފައެވެ. އަދި ބުރު ނިންމާލާފައިވަނީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ޕްރެކްޓިސް ބޭއްވުމަށް ހަމަޖެހިފައިވާ މިދޫ ބޯޅަ ދަނޑަށެވެ.
މި ވެހިކަލް ބުރަކީ އިއްޔެ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް ގެންދިޔަ ޓްރިފީ ޓުއާ ވެހިކަލް ބުރާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ބުރެކެވެ.
އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން މީދޫ ފުޓްބޯޅަ ދަނޑު އޭއެފްސީ ގަބޫލް ކުރާ މިންގަޑަށް ހެދުމަށް އެރަށުގެ ޒުވާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޓީމްތަކަށް މަރުހަބާ ދެންނެވުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ.