އައްޑޫ ހުޅުމީދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބީ ކެޓަގަރީގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ދާއިމީ ޕޮއިންޓް ލިސްޓް އާންމުކޮށްފި އެވެ.
ކައުންސިލުން ބުނީ ބީ ކެޓަގަރީން ދޫކުރަން އިއުލާންކުރި 10 ފްލެޓަށް ކުރިތިމަތިލި 59 މީހުންގެ ތެރެއިން ޝަރުތު ހަމަވީ އަށް މީހެއްގެ ކަމަށެވެ. އެހެންވެ އާންމުކުރީ އެ މީހުންގެ ދާއިމީ ޕޮއިންޓް ލިސްޓެވެ. ލިސްޓް އާންމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން މި މަހުގެ ދޭއްގައި ދިން މުއްދަތު 15 އާ ހަމައަށް ދިން އިރު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ވެސް ނުވާތީ އެވެ.
ބީ ކެޓަގަރީގެ 10 ފްލެޓްތަކަކީ ހުޅުދު އާއި މީދޫ ރައްޔިތުންނަށް ހާއްސަކުރި ފްލެޓްތަކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމީދޫގައި 48 ފްލެޓް ހެދި އެވެ. އެކަމަކު އެ ފްލެޓްތައް ނިމިފައި ހުންނަތާ ހައެއްކަ އަހަރުވީ ނަމަވެސް އެއްވެސް ފްލެޓެއްގައި އަދި ބަޔަކު ދިރިއުޅޭކަށް ނުފަށަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކައުންސިލުން ބީ ކެޓަގަރީގެ 27 ފްލެޓަކަށް ކުރިމަރިތިލާން ހުޅުވާލި ފަ އެއީ ޖެނުއަރީގައި ހުޅުވާލުމުން ކުރިމަތިލި މީހުންގެ ފޯމްތައް ބާތިލުކުރުމަށް ފަހު އެވެ. ކައުންސިލުން ބުނީ އެ ފޯމްތައް ބާތިލުކުރީ ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ކުރިން އަމަލުކުރަމުން އައި އުސޫލަށް ހައުސިން މިނިސްޓްރީގެ ލަފާގެ މަތިން ބަދަލު ގެނެސްފައިވާތީ ކަމަށެވެ.
އެހެންވެ އަލުން 27 ފްލެޓަކަށް ހުޅުވާލައި ކުރިމަތިލާން ދިން ސުންގަޑި އަކީ މި މަހުގެ 30 އެވެ.
ޔާމީންގެ ވެރިކަމުގައި ހިތަދޫގައި ހެދި 264 ފްލެޓް ދޫކޮށް ނިންމައި، އެ ތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.