Last Updated: September 20, 14:00
Friday, September 20, 2024
ސިޔާސީ

އިންޑިއަން ހައިކަމިޝަނަރު ކައުންސިލާ ބައްދަލުކޮށްފި

އިންޑިއާ އިން ރާއްޖެ ކަޑައަޅުއްވާފައިވާ ސަފީރު ޝްރީ ރަޖީވް ޝަހާރޭ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފިއެވެ.

އިއްޔެ ސ. ގަމުގެ އީކްއޭޓަ ވިލެޖްގައި ބޭއްވި ބައްދަލުވުމުގައި ޝަހަރޭ ވަނީ އިންޑިއާއިން އައްޑޫގައި އިމާރާތް ކުރުމަށް ނިންމާފައިވާ ޕޮލިސް އެކަޑަމީ ބިމުގެ ކަންކަމާއި ސިޓީ ކައުންސިލާއި މަޝްވަރާ ކޮށްފައެވެ.

ކައުންސިލުން ވަނީ ޕޮލިސް އެކަޑަމީ އެޅުމަށް ރުއްޖެހެރެ ކުނި ކޮށި ސަރަހައްދުން ޕޮލިހަށް ބިމެއް ހަމަޖައްސާފައެވެ.

ޝަހަރޭގެ ބައްދަލުވުމުގައި ކައުންސިލުން އެކުލަވާލާފައިވާ ގެސްޓް ހައުސް ޕްރޮމޯޝަން ބޯޑަށް އެހީތެރިވުމަށްވަނީ އެއްބަސް ވެފައެވެ. އެގޮތުން އެސްބީއައި މެދުވެރިކޮށް ގެސްޓް ހައުސް އިމާރާތް ކުރުމަށް ފައިސާ ހަމަޖައްސަވާނެކަމަށް ސަހާރޭ ވަނީ އައްޑޫ ސިޓީ ކައުންސިލްގައި ދަންނަވާފައެވެ.

އިއްޔެގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް( ސޯބެ) އާއި ޑެޕިއުޓީ މޭޔަރ އަދި ކައުންސިލްގެ އިތުރު މެމްބަރުން ވަނީ ބައިވެރިވިއެވެ.