Last Updated: November 24, 11:53
Sunday, November 24, 2024

އައްޑޫ "ގަން" ހިންގުން (77)

(މެއި 6، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ފަހު ފަސް އަހަރުގެ ވައުދުތައް

ހިތަދޫގައި ރައީސުލްޖުމްހުރިއްޔާގެ ހާއްސަ އިނާޔަތުގެ ދަށުން ޒަމާނީ ފެންވަރުގެ ލައިބްރަރީއަކާ އެކު ބޮޑު މިސްކިތެއް އިމާރާތްކޮށް ދެއްވުން. މި މިސްކިތުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

1. އިޖުތިމާއީ މަރުކަޒެއް އިމާރާތްކޮށް ދެއްވުން

2. އޮޑައްސަލާއި މާމެންދޫން އަލަށް 1400 ގޯތި ދޫކުރެވިފައިވާ ބިން ތިރި އަދި ޗަކަ ބިން އޮންނަ ސަރަަހައްދުތަކުގައި މަގު ހެދުން ނުވަތަ ބިން ހިއްކުން، މި މަސައްކަތެއް ނުހިނގަ އެވެ.

3. ހިތަދޫ ބަނދަރުގެ ދެކުނުކޮޅުގައި ތޮށި ނުލެވި އޮތް ބައިގައި ތޮށިލުން. މި މަސައްކަތެއް ނުހިނގަ އެވެ.

4. ފޭދޫ ފުއްޓަރު ފަރާތުގައި އޮންނަ ދިގުހުރާއަކީ ފޭދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ދެއްވުމާ ގުޅިގެން ފޭދު އާއި ދިގުހުރާ ގުޅައި ލެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުން. މީގެ އަމަލީ މަސައްކަތެއް ނުހިނގަ އެވެ.

5. ފޭދޫ ބަނދަރު ތިލަވުމާ ގުޅިގެން ބަނދަރު ފުންކޮށް ދެއްވުން. ފޭދޫ ބަނދަރުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

6. ފޭދޫ ގޮނޑުދޮށް ވެލިން މުއްސަނދިކޮށް ދެއްވި އިރު، ރަށުގެ ވަށައިގެން ދަތުރު ކުރެވޭނެހެން ހެއްދެވި މަގުގެ ބޮޑު ބައެއް ގިރައިގެން ގޮސްފައިވާތީ ވެލި އަޅައިގެން އެ މަގު ހެދުން. އަދި މަގުމަތީ ބައްތި ހަރުކޮށް ދެއްވުން. މި މަސައްކަތެއް ނުފެށެ އެވެ.

7. ފޭދޫ ބަނދަރުގެ އެއް ފަރާތް ހިއްކައިގެން މަސް މާރުކޭޓެއް ހެދުން. މިކަމާ ބެހޭ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

8. ފޭދޫ ބަނދަރުގައި ފެރީ ޓާމިނަލެއް އަޅައި ދެއްވުން. މި ޓާމިނަލާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

9. ފޭދޫ ސްކޫލް ހޯލް އިމާރާތްކޮށް ދެއްވުން. ސްކޫލްގެ ޖާގަ އިތުރުވާ ގޮތަށް. ވިދާޅުވި ގޮތަކަށް މިކަމެއް ނުހިނގަ އެވެ.

10. މަރަދޫ ރަށު އޮފީސް ޒަމާނީ ފެންވަރަށް އިމާރާތް ކުރެއްވުން. މި އޮފީސް ނިމުމަކާ ހަމައަށް ދިޔަ އެވެ.

11. މރަދޫ ބަނދަރުގެ ތޮށިގަނޑު މަރާމާތުކޮށް، ބަނދަރުގައި ބައްތި ޖެހުން. މި ބަނދަރު އޮތީ ހަމަ ހެދި އިރު ވެސް އޮތް ގޮތަށެވެ. މަރާމާތެއް ނުކުރެވެ އެވެ.

12. މަރަދޫގައި ބޮޑު މިސްކިތެއް އިމާރާތްކޮށް ދެއްވުން

13. މަރަދޫ ބޯޅަދަނޑު ހަދައި ދިނުން. ބޯޅަ ދަނޑު ތަރައްގީ ކުރަން އެއްވެސް ކަމެއް ކޮށް ދެއްވާފައެއް ނެތެވެ.

14. މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ ހޯލް އިމާރާތްކޮށް ދެއްވުން

15. ހުޅުދޫ ރަށު އޮފީސް ޒަމާނާ އެކަށީގެންވާ ފެންވަރަށް އިމާރާތްކޮށް ދެއްވުން. އެ އޮފީސް އަދިވެސް ހިނގަނީ ހަމަ ކުރީގެ ދުވަސްވީ އިމާރާތުގަ އެވެ.

16. ހުޅުދޫ-މީދޫގައި ބޮޑު ބަނދަރެއް ހެދުން. ރައީސް މައުމޫންގެ ވެރިކަން ނިމިގެން ދިޔަ އިރު ވެސް މި މަޝްރޫއެއް ނުފެށެ އެވެ.

17. ހުޅުދޫ ބޯޅަ ދަނޑުގެ ވަށައި ފެންސް ޖެހުމާއި ރޭގަނޑު ކުޅެވޭ ގޮތަށް ބައްތި ޖެހުން. މި ބޯޅަ ދަނޑު އަދިވެސް އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށެވެ.

18. މީދޫ ބަނދަރުގެ ތޮށިގަނޑު މަރާމާތުކޮށް ދެއްވުން

19. މީދޫ ހަރިންމަ ފާރު ރޭނިފައި ހުރި ތިން މިސްކިތުގެ ފާރު ރޭނުން

20. މަރަދޫފޭދޫ ބޯޅަދަނޑު ބޮޑުކޮށް ދެއްވުން. މި ފަސް އަހަރުގެ ތެރޭގައި މި ރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގަ އެވެ.

21. ވިލިގިލި ރިސޯޓަކަށް ހެއްދެވުމުގެ މައްސަލަ ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް އައްޑޫ މެމްބަރު އިބްރާހީމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެވެ. ބިޑް ކުރުމަކާ ނުލައި ޝަންގްރިއްލާ އާ މިރަށް ހަވާލު ކުރެއްވި ވާހަކަ ޓޫރިޒަމް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި އެވެ. ވިލިގިލި ރިސޯޓަކަށް ހެދުމުގެ މަސައްކަތް ޝަންގްރިއްލާ އިން ކުރަމުން ދިޔައީ ވަރަށް ބާރަށެވެ.

22. ހަންކެޑައިގައި 100-160 އެނދުގެ ސިޓީ ހޮޓަލެއް ހެދުމަށް ބީލަމަށް ލެއްވި.
2008 ވަނަ އަހަރު ނިމިގެން ދިޔައީ މި ރަށް ތަރައްގީ ކުރަން ހަވާލު ކުރި ފަރާތުން އެއްވެސް މަަސައްކަތެއް ނުކުރާތީ އެ ފަރާތުން ނަންގަވާފައި ވަނިކޮށެވެ.

23. 30.11.2005
ރިސޯޓެއް ހެދުމަށްޓަކައި ބިޑް ކުރުމަށް، ހެރަތެރަ ސާވޭ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

24. 03.11.2005

ހަމަ މިއަދު ހެރަތެރަ އާ އެކު މުލިކެޑެ ވެސް ރިސޯޓަކަށް ހެދުމަށް ދޫކުރަން ނިންމެވި އެވެ. މި ދެ ރަށަކީ 1998 ވަނަ އަހަރު ސަރުކާރުން ރިސޯޓް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެފައިވާ ދެ ރަށެވެ.

25. 04.11.2005

200 އެނދުގެ ރިސޯޓެއް ހެދުމަށް ހަޖަރު ވަނީ ބީލަމަށް ލައްވައިފަ އެވެ. މީގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު ދޮންރަހާހެރަ، 19 ވަނަ ދުވަހު ގެރަދޫ ބީލަމަށް ލެއްވުމަށް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އަދި 2006 ވަނަ އަހަރުގެ ފެބްރުއަރީގައި މުލިކެޑެ ވެސް ބީލަމަށް ލެއްވުމަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވ. މިއިން އެއްވެސް ރަށެއް ބިޑްކޮށް، ބަޔަކާ ހަވާލު ކުރައްވާފައެއް ނެތެވެ.

26. 29.12.2005

މިފްކޯގެ ބޯޓްފަހަރަށް ގަންނަ މަސް ސީދާ އައްޑޫ އެކްސްޕޯޓް ކުރެވޭނެ ގޮތް ހަމަޖައްސަވާ ދެއްވި އެވެ. ނަމަވެސް 14.6.2006 ގައި ސަރަހައްދީ ބަނދަރުން ކޮންޓޭނަރުގައި މަސް ބޭރު ކުރަން ކުރި މަސައްކަތް، ބޯޓް ބަނދަރާ ކައިރި ކުރެވޭ ގޮތް ނުވުމުގެ ސަބަބުން ނާކާމިޔާބުވި އެވެ.

27. 28.02.2006

މިފްކޯ އިން ހިތަދޫގައި 50 ޓަނުގެ އައިސް ޕްލާންޓެއްް ހުޅުވި އެވެ.

28. 07.05.2006

ހިތަދޫގައި ދަޅުގައި މަސް ބަންދު ކުރާ ފެކްޓްރީއެއް ހުޅުވުމަށް ތައްޔާރުވަމުންދާ ވާހަކަ އާންމުކޮށް އެންްގެވި އެވެ. ހިތަދޫ އާރްއޭއެފުން ހިއްކާފައިވާ ސަރަހައްދުގައި މި ފެކްޓްރީ އެޅުމަށް ނިންމުން ފިޔަވައި މި މަޝްރޫއުގެ އިތުރު އެއްވެސް ކަމެއް ނުހިނގަ އެވެ.

29. 22.08.2006

2005 ގެ ނޮވެމްބަރުގައި ޓޫރިސްޓް ސިޓީ ހޮޓަލެއް ހެދުމަށް ބިޑް ކުރެއްވި ހަންކެޑެ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުއްވީ ވަން އެންޑް ހާފް ޑިގްރީ.

29. 01.06.2007

ގަން އިންޓަނެޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައުޓް (ބްލޫ ޕެނޮރާމާ އެއާލައިން) އިޓަލީން ގަމަށް އައެވެ.

30. 23.12.2007

ރައީސް މައުމޫން ގަން އިންޓަނެޝަނަލް އެއާޕޯޓް ހުޅުއްވައިު ދެއްވި އެވެ.

31. 29.01.2008

ރައީސް މައުމޫން ހެރަތެރަ ރިސޯޓް ހުޅުއްވައި ދެއްވި އެވެ.

(ނުނިމޭ)

ނޯޓް: މިއީ ފޭދޫ އަލީ ފަހުމީ އަހުމަދު ސެޕްޓެމްބަރު 25، 2013 ގައި ނެރުއްވި "އައްޑޫ ގަން ހިންގުން" މި ފޮތެވެ.
"އައްޑޫ ލައިވް" ގައި މި ފޮތް ސިލްސިލާއެއްގެ ގޮތުގައި ޝާއިއު ކުރަން ހަދިޔާ ކުރެއްވި ކަމަށްޓަކައި، މި ނޫހުގެ ފަރާތުން ފަހުމީ އަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.