Last Updated: September 20, 11:17
Friday, September 20, 2024
ޚަބަރު

ހުޅުމީދޫގައި އެމްއެންޑީއެފްގެ ކުޑަކުދިންގެ ހަވީރެއް

ފޮޓޯ: ކިއުންތެރިއެއް

އެމްއެންޑީއެފްގެ 122 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އަންނަ ހޮނިހިރު ދުވަހު ހުޅުމީދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާއިން ބުނީ އަހަރީ ދުވަސް ފާހަނގަ ކުރުމަށް ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ ސ. އަތޮޅު މަދަރަސާގައި އެދުވަހު ހަވީރު 4 ން އިރުއޮއްސި 6 ޖެހުމާއި ހަމައަށެވެ.

މި ކުޑަކުދިންގެ ހަވީރުގައި އެކި އެކި ފަރާތްތަކަށް ތަފާތު ސްޓޯލް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ، އެގޮތުން ސްޓޯލް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެމްއެންޑީއެފްގެ 6898073 ނަންބަރަށް ގުޅުއްވައިގެން ސްޓޯލްގެ ކަންތައް ކުރިއަށް ގެންދެވޭނެ ގޮތް ވަނީ ހަމަޖައްސަވާފައެވެ.

އެމްއެންޑީއެފްގެ 122 ވަނަ އަހަރީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ހާއްސަ ދުވުމެއްވެސް ވަނީ ބާއްވާފައެވެ. "ވަންޓޫޓޫ" ރަން ގެ ނަމުގައި ކުރިއަށް ގެންދިޔަ ދުވުމުން އެއްވަނަ ހޯދާފައިވަނީ ސ. މަރަދޫ، ވަހަރީ، ހުސެއިން ވިފާގްއެވެ.