Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ރާއްޖޭގައި އެއިޑްސް ބަލީގެ 22 މީހަކު އެބަތިބި

ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ 22 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އެއިޑްސް ދުވަހާ ގުޅިގެން އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން އެންމެ ފުރަތަމަ އެޗްއައިވީ ފެނުނީ 1991 ވަނަ އަހަރު އެވެ. އެގޮތުން އެޗްއައިވީ ވައިރަހުން ޖައްސާ އެއިޑްސް ބަލީގެ ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރައިފަ އެވެ. މިހާތަނަށް މި ބަލި ޖެހިގެން 15 މީހަކު މަރުވެފައިވާ އިރު، މި ވަގުތު ބަލީގައި ތިބީ 22 މީހެކެވެ.

އެއިޑްސް ފެތުރޭ ގޮތްތަކުގެ ތެރޭގައި ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އެކަކު ބޭނުންކޮށްފައިވާ ސިރިންޖު ބޭނުންކުރުމާއި އެޗްއައިވީ ހުރިތޯ ބެލުމަށް ޓެސްޓުނުކޮށް ލޭ އެޅުމާއި އެޗްއައިވީ ޖެހިފައިވާ މަންމަގެ ފަރާތުން ބަލިޖެ ހުން ހިމެނެ އެވެ.

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "އެޗްއައިވީން ރައްކާތެރިވުމަށްޓަކައި ގަވާއިދުން ޓެސްޓު ކުރަން އާދަކުރަމާ" އެވެ.

ރާއްޖޭގައި މި އަހަރު އެއިޑްސް ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމާފައި ވަނީ މި މަހުގެ 12 ގައި ގއ. ވިލިގިލީގަ އެވެ.