Last Updated: November 23, 16:23
Saturday, November 23, 2024
ޚަބަރު އައްޑޫ ކައުންސިލް

މިދިޔަ މަހު 7.1 މިލިއަން، ހަރަދަށް 7 މިލިއަން

ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓީ ކައުންސިލްގެ ނޮވެމްބަރ މަހުގެ ހަރަދާއި އާމްދަނީގެ ތަފްސީލު އާންމު ކޮށްފިއެވެ.

1 ނޮވެމްބަރުން 30 ނޮވެމްބަރުގެ ނިޔަލަށް އައްޑޫސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ވަނީ 7،142،336.00 ރުފިޔާ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ ދައުލަތުގެ އެހީގެ ގޮތުގައި ލިބުނު 5.4 މިލިއަން ރުފިޔާއާއި ކައުންސިލްގެ އާމްދަނީއަށް ލިބުނު 1.7 މިލިއަން ރުފިޔާއެވެ.

ނޮވެމްބަރު މަހު އައްޑޫސިޓީ ކައުންސިލްގެ ޖުމުލަ ހަރަދަކީ 7،078،599.00 ރުފިޔާއެވެ.

އެގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި ނޮވެމްބަރު މަހު 6.9 މިލިއަން ހަރަދު ކޮށްފައިވާއިރު ކެޕިޓަލް ހަރަދަށް ވަނީ 147،972.00 ރުފިޔާ ހަރަދު ކޮށްފައެވެ. ރިކަރަންޓް ހަރަދުގެ ބޮޑު އިންސައްތައަކީ މުވައްޒަފުންނަށް ހިނގި ހަރަދު ތަކެވެ. އެގޮތުން މުވައްޒަފުންނަށް 4 މިލިއަން ހަރަދުކޮށްފައިވާއިރު އޮފީސް ހިންގުމުގެ ބޭނުނަމަށް ހޯދި ހިދުމަތަށް 1.8 މިލިއަން ހަރަދު ކޮށްފައިވެއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މި އަދަދު ތަކަކީ އޮޑިޓް ކޮށްފައިވާ ހިސާބުތަކެއް ނޫން ކަމަށެވެ. އެހެންކަމުން މި އަަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.