Last Updated: September 20, 11:17
Friday, September 20, 2024
ޚަބަރު

ނަޒީފް އިތުރު ފަރުވާއަށް މާލެ ފޮނުވައިފި

ފުވައްމުލަކުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން ނަޒީފް ހޮސްޕިޓަލަށް ގެންދަނީ: މި އެކްސިޑެންޓުގައި ބޮޑުވަރުވީ ނަޒީފަށް.---ފޮޓޯ: ކިޔުންތެރިއެއް

ރޭ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮލަށް ގެއްލުން ލިބުނު ހިތަދޫ، ގުލްކަނދުގޭ، ހަސަން ނަޒީފް 24 އިތުރު ފަރުވާއަށް މިއަދު ހަވީރު މާލެ ފޮނުވައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލް މެނޭޖަރ މުހައްމަދު އިސްމާއިލް ވިދާޅުވީ އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ނަޒީފް އާއި ސޮބާހްގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

"ނަޒީފް މިހާރު ހޭއަރައިފި، އޭނާ މިވަގުތު އޮތީ ސްޓޭބަލްކޮށް"

ރޭގެ އެކްސިޑެންޓްގައި ނަޒީފްގެ ބޯފަޅައިގެން ގޮސް އޭނާގެ އަގައާއި ނޭފަތުން ގިނަ އަދަދަކަށް ލޭ ވަނީ ފައިބާފައެވެ.

ހޮސްޕިޓަލުން ބުނީ އެދެމީހުން އިތުރު ފަރުވާއަށް ފުރުވާލީ ހޮސްޕިޓަލުން އެކްސްރޭ ނެގެން ނެތުމާއި ކަށީގެ ޑޮކްޓަރެއް ނެތުމުން އިތުރު ފަރުވާ ދެވެން ނެތުމުން ކަމަށެވެ.