Last Updated: April 22, 21:04
Tuesday, April 22, 2025
ޚަބަރު

އެފްކޮންސްގެ ޖޫރިމަނާ އިސްތިއުނާފުކޮށްފި

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރޭގައި ބްރިޖް ޕްލެޓްފޯމެއް އަރައި ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ މަޝްރޫއު ކުރިއަށް ގެންދާ އިންޑިއާގެ އެފްކޮންސް ކުރި ޖޫރިމަނާ އިސްތިއުނާފުކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭ) އިން އެފްކޮންސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޖޫރިމަނާކުރީ 69.4 މިލިއަން ޑޮލަރުންނެވެ. ޖޫރިމަނާ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުނާފުކުރި އިރު ޖޫރިމަނާ ދައްކަން ދިން މަސް ދުވަހުގެ މުއްތަދު މާދަމަ އަށް ހަމަވާނެ އެވެ.

މީގެ އިތުރުން އީޕީއޭ އިން ކުރި ޖޫރިމަނާގެ މައްސަލަ އަލުން މުރާޖައާކޮށް ދޭން ވެސް އެފްކޮންސް އިން އެންވަޔަރަމަންޓް މިނިސްޓްރީ އަށް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ވިލިމާލެ ފަރަށް ބްރިޖްގެ ޕްލެޓްފޯމް އެރީ އޮގަސްޓް މަހުގެ 16 ގަ އެވެ. އަދި އެ ނެގީ އެ މަހުގެ 27 ގަ އެވެ.